ބައްޕައިންގެ ދުވަހު މޫލީ މެދުވެރިކޮށް ބައްޕައިންނަށް ހަދިޔާއެއް ފޮނުވާލުމުގެ ފުރުސަތު

މި އަހަރުގެ ބައިނަލްއަގްވާމީ ބައްޕައިންގެ ދުވަހު މޫލީ މެދުވެރިކޮށް ބައްޕައިންނަށް ހަދިޔާއެއް ފޮނުވާލުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ. މޫލީ އަކީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމެވެ. ބަ...

16 Jun 2020 | 07:39

މި އަހަރުގެ ބައިނަލްއަގްވާމީ ބައްޕައިންގެ ދުވަހު މޫލީ މެދުވެރިކޮށް ބައްޕައިންނަށް ހަދިޔާއެއް ފޮނުވާލުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.

މޫލީ އަކީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމެވެ.

ބައިނަލްއަގްވާމީ ބައްޕައިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ ތިންވަނަ އާދީއްތަ ދުވަހެވެ. މި މަހުގެ ތިންވަނަ އާދީއްތަ ދުވަހަށް ވާނީ 21 ޖޫން އެވެ.

އުރީދޫއިން ބުނެފައިވާގޮތުގައި ބައްޕައިންގެ ދުވަހަށް ހާއްސަ ކަލެކްޝަނެއް ހާއްސަ އޮފާއެއްގެ ގޮތުގައި މޫލީން މިހާރު ފެންނާނެއެވެ. މި ކަލެކްޝަންގައި ގަޑިއާއި، އައިނާއި އިލެކްޓްރޯނިކް ޑިވައިސަސްގެ އިތުރުން ގެޖެޓްސް ހިމެނޭނެއެވެ. މަންމައިންނާއި ދަރީންނަށް، ބައްޕައިންނަށް ފޮނުވާ މި ހަދިޔާ ހާއްސަ މެސެޖަކާއެކު ކަސްޓަމައިޒް ކޮށްލެވޭނެ ކަމުގައިވެސް އުރީދޫއިން ބުނެއެވެ.

ބައްޕައިންގެ ދުވަހު މޫލީ މެދުވެރިކޮށް ހަދިޔާ ފޮނުވުމަށް:

01. މޫލީ ޝޮޕަށް ވަދެވަޑައިގެންނެވުމަށް http://ore.do/app އިން އުރީދޫ އެޕް ޑައުންލޯޑް ކުރައްވާ.

02. ސްޕެޝަލް އޮފާސްގެ ތެރެއިން "Gifts for Super Dads" ހިޔާރު ކުރައްވާ.

03. ބޭނުންފުޅުވާ ހަދިޔާ ހިޔާރު ކުރެއްވުމަށްފަހު "ADD TO CART" އަށް އެޑްކޮށްލައްވާ.

04. ކުރިއަށް ވަޑައިގެންނެވުމަށް "CHECKOUT" އަށް ކްލިކް ކޮށްލައްވާ.

05. ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް ތަފާތު ނަމަ ބަދަލުކޮށްލައްވާ.

06. ހަދިޔާއާއެކު ހިމަނާލަން ބޭނުންވާ ކަސްޓަމް މެސެޖް "SPECIAL INSTRUCTIONS" ބައިގައި ހިމަނާލަދެއްވާ.

07. ޕޭމަންޓް ކަންފާމް ކުރުމަށްފަހު އޯޑަރ ކުރައްވާ.

މި އޮފަރ މޫލީން ކުރިއަށްގެންދަނީ މާދަމާގެ ނިޔަލަށެވެ. ހަދިޔާ ލިބެންވީ ބައްޕައިންނަށްތޯ ނުވަތަ އޯޑަރު ކުރައްވާ ފަރާތައްތޯ، ހިޔާރު ކުރެވޭނެއެވެ. އަދި ކުރައްވާ އޯޑަރު 21 ޖޫންގެ ކުރިން ޑެލިވަރ ކޮށްދޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް