ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިންފްލޭޝަން ރޭޓަށް މާބޮޑު އަސަރެއް ކޮށްފައި ނުވާކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
އެ ޖަމިއްޔާއިން ނެރެފައިވާ "އިން ސްޓޯމީ ސީސް" ރިޕޯޓުގައި ރާއްޖޭގެ އިގްތިސޯދާއި ގުޅޭގޮތުން ބުނެފައިވަނީ ކޯވިޑާއި ގުޅިގެން ލޮކްޑައުންކޮށް މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ތަކެތީގެ ޑިމާންޑު ދަށްވުމާއި ޕޮލިސީ ލެވެލްގައި ތަކެތީގެ އަގު ހިފަހައްޓައި އަޅާފައިވާ ހަރަދަނާ ފިޔަވަޅުތައް ކަމަށެވެ.
ވޯލްޑު ބޭންކުން ބުނީ ކޯވިޑާއި ގުޅިގެން މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ތަކެތީގެ އަގު 3.6 ޕަސެންޓުގައި އެއްވަރެއްގައި ހިފަހެއްޓިފައި ހުރި ކަމަށެވެ. މިއީ މިދިޔަ އޭޕްރިލް މަހުވެސް ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުރި ވަރެވެ.
އިންފްލޭޝަން މައްޗަށް ނުގޮސް ހިފެހެއްޓުމަށް ރާއްޖެއިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކެއްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ކޯވިޑް-19 ގެ ހާލަތުގެ އެންމެ ކުރީ ކޮޅު ތެލުގެ އަގުތައް ކުޑަކޮށްދީ، ކަރަންޓާއި ފެނުގެ ހިދުމަތްތަކުން ބޮޑު ޑިސްކައުންޓެއް ސަރުކާރުން ދިން ކަމަށެވެ. މީގެ އިތުރުން އިންޓަނެޓުން ދިން ޑިސްކައުންޓާ އެކު މައުލޫމާތު ހޯދުމާއި މުއާސަލާތީ ހިދުމަތްތަކުގެ އަގު ވެސް 10 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް