އާންމުންގެ ބަޔަކަށް އަނިޔާ ކުރި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް އިތުރު ފުލުހަކު މަގާމު ދަށްކޮށްފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ފުލުހުން އާންމުންގެ ބަޔަކަށް އަނިޔާ ކުރީ މިދިޔަ އަހަރުގެ އޯގަސްޓު ފަސް ވަނަ ދުވަހު ކަމަށެވެ. އޭނާ ވިދާޅުވީ އެ ފުލުހުންނާއި ދެކޮޅަށް ފިޔަވަޅުއެޅުމަކީ އެ ފިޔަވަޅުތަކަކީ ފުލުހުންގެ އަހުލާގާއި ފުލުހުންގެ އިދާރާއަކީ ހަރުދަނާ ތަނަކަށް ހެދުމަށް ކުރަަމުން އަންނަ މަސައްކަތްތަކުގެ ހެއްކެކެވެ.
އިތުރަށް ވިދާޅުވީ ފިޔަވަޅު އެޅީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް ކަމަށެވެ.
https://twitter.com/M_Hameedh/status/1272738055930011648
ސީޕީ ހަމީދު ވިދާޅުވީ ބައެއް ފުލުހުންގެ އަމަލުތައް މިގޮތަށް ހުރި ނަމަވެސް ފުލުހުންގެ ތެރޭގައި ގިނަވާނީ އަހުލާގު ރަނގަޅު ތައިލީމީ ގާބިލް މީހުން އެބަތިބި ކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވީ، ފުލުހުންގެ ވަޒީފާގައި ކުރަންޖެހޭ ގިނަ ކަންކަމަކީ ތައުލީމަށް ވުރެ ބޮޑަށް ވަޒީފާގެ މައިދާނާއި ތަމްރީނުތަކުގައި ދަސްވާ ކަންކަން ކަމަށެވެ. މިއީ އެހެން ގައުމުތަކުގައި ވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި، ފުލުހުންނަށް ވަޒީފާ ދިނުމުގައި ތައުލީމީ ފެންވަރަށް އިސްކަން ދެނީ ދެވަނަ ކަމެއްގެ ގޮތުގަ އެވެ. އެކަމަކު ފުލުހުންގެ ތެރެއިން 34 ޕަސެންޓު މީހުންނަކީ މަތީ ސާނަވީ ނިންމާފައިވާ މީހުން ކަން ސީޕީ ހަމީދު ފާހަގަކުރެއްވި އެވެ. އަދި 220 ފުލުހަކު ވަނީ ޕޯޯސްޓް ގްރެޖުއޭޓް ޑިގްރީ ހާސިލް ކޮށްފައި ކަމަށް ވިދާޅުވި އެވެ.
ސީޕީ ހަމީދު މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ ފުލުހުންގެ ތައުލީމީ ފެންވަރާއި އަހުލާގީ މިންގަނޑާއި މެދު އިއްޔެ އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ސުވާލު އުފައްދަވާފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް