ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވަގުތީ ގޮތުން މެދުކަނޑާލައިފި

ސްކޫލްތަކުގައި ހެނދުނު ނާސްތާ ދިނުމުގެ ޕްރޮގްރާމް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ކިޔެވުން މެދުކަނޑާލާފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން ސްކޫލްތަކުގެ ކިޔެވުން...

16 Jun 2020 | 04:41

ސްކޫލްތަކުގައި ހެނދުނު ނާސްތާ ދިނުމުގެ ޕްރޮގްރާމް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ކިޔެވުން މެދުކަނޑާލާފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން ސްކޫލްތަކުގެ ކިޔެވުން އަންނަ މަހުގެ އެއް ވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައި އެވެ. ސްކޫލްތަކުގެ ކިޔެވުން އަލުން ފަށަނީ ރައްކާތެރިކަމުގެ ބޮޑެތި ފިޔަވަޅުތަކާއި އެކު އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމް މެދުކަނޑާލަނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެހެންވެ ދަރިވަރުން ގެއިން ސްކޫލަށް ދާއިރު ނާސްތާ ކޮށްގެން ދިއުމަށާއި ބޭނުންވާ ވަރަށް ފެންވެސް ގެއިން ހިފައިގެން ދިއުމަށް އެދިވަޑައިގެންނެވި އެވެ.

ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ޓާމުގައި ޕައިލެޓް ޕްރޮގްރާމެއްގެ ދަށުން ފުރަތަމަ ނާސްތާ ޕްރޮގްރާމްފެށީ 25 ސްކޫލެއްގައި އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޖޫން އިންފެށިގެން 203 ސްކޫލްގައި ދަރިވަރުންނަށް ނާސްތާ ދޭން ފެށި އެވެ.

އެއީ ޖުމުލަ 57816 ދަރިވަރުންނަށެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް