އުފަންވިތާ އެންމެ 17 ދުވަސްވީ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކޯވިޑް-19ގެ ޑޭޝްބޯޑުން ލިބޭ މައުލޫމާތަށް ބަލާއިރު އެއީ ކޭސް ނަމްބަރު 1041 އެވެ. ފިރިހެން ކުއްޖެކެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދުވަހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެ ކުއްޖާ އަކީ ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެފައިވާ ކުއްޖެއް ކަމަށެވެ. ޓެސްޓް ކުރީ އަލާމާތްތައް ފެނިގެން ކަމަށެވެ. އަދި ޓެސްޓް ކުރި އިރު ޕޮޒިޓިވް ކަމަށެވެ.
"އެހެންކަމުން އެ ކުއްޖާގެ މަންމަގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ އިތުރަަށް ވިދާޅުވީ އެ ކުއްޖާގެ އުމުރަކީ17 ދުވަސް ކަމަށާއި އެއީ މާލެއިން ޕޮޒިޓިވް ވި ކުއްޖެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް