ކޯވިޑް-19: އިތުރު ނުވަ މީހަކު ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ އަދަދު 58 އަށް

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން ނުވަ މީހަކު މި ބަލިން ރަނގަޅުވެ، މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 58 އަށް އަރައިފިއެވެ. އިތުރު ނުވަ މީހަކު ރަނގަޅުވެފައިވާއިރު ރާއ...

16 May 2020 | 16:45

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން ނުވަ މީހަކު މި ބަލިން ރަނގަޅުވެ، މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 58 އަށް އަރައިފިއެވެ.

އިތުރު ނުވަ މީހަކު ރަނގަޅުވެފައިވާއިރު ރާއްޖޭގައި ޖުމްލަ މި ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 1078 އަށް އަރާފައެވެ.

ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު 58 މީހަކު ބަލިން ރަނގަޅުވުމުން އެއީ 5.38 އިންސައްތައިގެ ރިކަވަރީ ރޭޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް