ކޯވިޑް-19 އަށް މިއަދު ރާއްޖެއިން 47 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި 22 ބަންގްލަދޭޝީ އަކާއި ދެ ނެޕާލީންނާއި އިންޑިއާގެ ހަތަރު މީހެކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އަދަދު މިވަނީ 1078 އަށް އަރާފައެވެ.
ޕޮޒިޓިވް ވެފައިވާ އަދަދު 1078 އަށް އަރާފައިވާއިރު މިހާތަނަށް 49 މީހަކު ރަނގަޅުވެފައިވެއެވެ. ހަތަރު މީހަކު ނިޔާވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް