ކ. މާފުށިން މުދާ ބަރުކޮށްގެން މާލެ އައި މަގުމަތީގައި ކަނޑުގަދަވެ، ގަދަ އޮއެގައި ކެތް ނުވެ މާލޭ ހުޅަނގުފަރާތު ބިތަށް އުރި، ފުނޑުފުނޑުވި ދޯނީގެ އިންޖީނު އޮތް ސަރަހައްދު ހޯދައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އިއްޔެ މާލެ ސިޓީ ވެސްޓްޕާކް ތޮށިމައްޗަށް އަރާ ހަލާކުވި "މިންވަރު" ދޯނީގެ އިންޖީނު ހޯދުމަށް އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން ހަރަކާތްތެރިވެ، އިންޖީން އަޑީގައި އޮތް ލޮކޭޝަން ހޯދާފައިވާކަމަށެވެ.
"މިންވަރު" ދޯނި މާލޭ ހުޅަނގުބިތަށް އެރީ އިއްޔެގެ މެންދުރު 01:00 ހާއިރުގައެވެ. ހާދިސާ ހިނގި އިރު ދޯނީގައި ހަތަރު މީހަކު ތިބި ކަމަށްވެއެވެ. އަދި އެ އެންމެންވެސް ސަލާމަތުން އެއްގަމަށް އެރިކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
01:00 ހާއިރު ހިނގި އެ ހާދިސާގައި އިތުރު ގޮތެއް ނެތި ދޯނި ދޫކޮށްލާފައި ފަޅުވެރިން ދޯނިން ފޭބިއިރު، މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ދޯނި ވަނީ ގަދަ އޮޔާއި ރާޅާއެކު ބިތުގައި ތެޅިތެޅި އެ ދޯނި ވަނީ ފުނޑުފުނޑުވެގެން އަޑިއަށް ގޮސްފައެވެ.
[contentcards url="https://dhuvas.mv/111207" target="_blank" class="direcotion: ltr;"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް