ކޯވިޑް-19: އައްސޭރިޖަލުން ސާމްޕަލް ނަގަން ފަށައިފި

ކޯވިޑް-19ގެ މި ހާލަތުގައި އައްސޭރިޖަލުން ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަން ކަރެކްޝަންސުން ހާމަކޮށްފިއެވެ. އެގޮތުން އެ މުއައްސަސާއިން ބުނެފައިވަނީ އެން.އޯ.ސީއާއި މޯލްޑިވްސް ކަރެ...

16 May 2020 | 10:28

ކޯވިޑް-19ގެ މި ހާލަތުގައި އައްސޭރިޖަލުން ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަން ކަރެކްޝަންސުން ހާމަކޮށްފިއެވެ.

އެގޮތުން އެ މުއައްސަސާއިން ބުނެފައިވަނީ އެން.އޯ.ސީއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން، ކޯވިޑް 19 އަށް ތަޙުލީލުކުރުމަށްޓަކައި ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް  ސާމްޕަލް ނެގުމުގެ މަސައްކަތް ހިންމަފުށީ ގައި ހުންނަ އައްސޭރި ޖަލުގައި މިހާރު ކުރިއަށްއެބަދާކަމަށެވެ.

އައްސޭރިޖަލުން ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު މާފުށީ ޖަލުންވެސް ރޭންޑަމް ސާމްޕަލް ނަގައި ތަހުލީލުކޮށްފައިވެއެވެ. މާފުށީ ޖަލުން ނެގި 38 ސާމްޕަލްގެ ނަތީޖާވެސް ވަނީ ނެގަޓިވް ވެފައެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 1031 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން 49 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް ހަތަރު މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އެއީ ބިދޭސީއަކާއި ތިން ދިވެއްސެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް