މުވައްޒަފުންނަށް އަނބުރާ ވަޒީފާއާ މުސާރަ ދޭން އެއްބަސްވާ ކުންފުނިތަކަށް ލޯނު ދެނީ

މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ނޯޕޭއަށް ދިއުން މަޖުބޫރު ކުރި ކުންފުނިތަކުގެ ތެރެއިން ސަރުކާރު ތައާރަފުކޮށްފައިވާ ލޯން ސްކީމަށް އެދުނު ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމައިފި އެވެ. ކޯވިޑް-19 ...

16 May 2020 | 10:12

މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ނޯޕޭއަށް ދިއުން މަޖުބޫރު ކުރި ކުންފުނިތަކުގެ ތެރެއިން ސަރުކާރު ތައާރަފުކޮށްފައިވާ ލޯން ސްކީމަށް އެދުނު ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މުވައްޒަފުންނާއި މެދު އިހާނެތިކޮށް ހިތާ ކުންފުނިތަކަށް ސަރުކާރުން ދޫކުރާ ލޯނު ނުދޭނެ ކަމަށް ތަކުރާރުކޮށް ސަރުކާރުން ދިޔައީ ބުނަމުންނެވެ. އެކަމަކު ކޯވިޑާއި ގުޅިގެން އެތައް ހާސް މުވައްޒަފުންނެއް ވަޒިފާއިން ވަކިކޮށް، ނޯޕޭ ނަގަން މަޖުބޫރު ކުރުވުމުގެ އިތުރުން ސަސަޕެންޑުކޮށްފައިވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެގޮތަށް މުވައްޒަފުންނާއި މެދު އަމަލު ކުރި ކުންފުނިތަކުން ލޯނަށް އެދުނު ފޯމް ރިޖެކްޓު ކުރެވިފައިވާ ކަމަށެވެ. އެކަމަކު މި ދަނޑިވަޅަކީ އެންމެންނަށްވެސް ދަތި ދުވަސްކޮޅަކަށް ވާތީ އިތުރު ފުރުސަތަކާއި އެކު ލޯނަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ކުންފުނިތަކަށް އޮތް ޝަރުތަކީ ވަކިކުރި ހުރިހާ މުވައްޒަފުންނަށް އަލުން ވަޒީފާދިނުމެވެ. އަދި މަދުވެގެން ކޮންމެ މުވައްޒަފަކަށް ތިން މަހަށް5،000 ރުފިޔާގެ މުސާރައެއް ދޭން އެއްބަސްވުމެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް