މިދިޔަ އަހަރެކޭ އެއްގޮތަށް އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް މިއަހަރުވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އުރީދޫއިން ބުނެފި އެވެ
އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށްޓަކައި އެ އެޕްލިކޭޝަނަށް ވަދެ "ފިތުރު ޒަކާތް" އަށް ހާއްސަ ބަޔަށް ދާނީ އެވެ އޭގެ ފަހުގައި ޒަކާތް ދައްކަން ބޭނުންވާ ބާވަތް ވަކިން ނަގައި، ފައިސާ ދައްކާ މީހާގެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު ޕޭމެންޓް ކޮންޕާމް ކޮށްލުމުން އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުނީ އެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ އިލްތިމާސަކީ ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި ގޭގައި ތިބެގެން އާންމުން ޑިޖިޓަލް ހިދުމަތް ބޭނުން ކުރުން ކަަމަށެވެ. އެމް-ފައިސާ މެދުވެރިކޮށް މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށް އުރީދޫން ބުނެ އެވެ.
ޒަކާތުގެ އިތުރުން، ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އެމް-ފައިސާގެ އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުން، އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވޭނެއެވެ.
އެމް-ފައިސާގެ މި ހިދުމަތްތައް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް ބޭނުން ކުރެވޭނެ އެވެ.
އުރީދޫގެ އެމް-ފައިސާ އަށް ބީއެމްއެލް އާއި އެސްބީއައިގެ އިތުރުން އެމްއައިބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ފައިސާ ޖަމާކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް