މޫސުން ގޯސްވަނީ ރާއްްޖެއާ ދުރުން އިރު ދެކުނުން އުފެދޭނެ ކަމަށް ބެލެވޭ ތޫފާނެއްގެ ސަބަބުން

ރާއްޖޭގެ މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން އާދަޔާ ހިލާފަށް ބާރަށް ވައިޖެހެމުންދަނީ ރާއްޖެ އާއި ދުރުން އިރު ދެކުނު އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވަމުންދާތީ ކަމަށް މޯލްޑިވްސް މ...

16 May 2020 | 07:12

ރާއްޖޭގެ މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން އާދަޔާ ހިލާފަށް ބާރަށް ވައިޖެހެމުންދަނީ ރާއްޖެ އާއި ދުރުން އިރު ދެކުނު އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވަމުންދާތީ ކަމަށް މޯލްޑިވްސް މީޓްރޮލޮޖީ ސާވިސް އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ބެލެވެނީ މިއަދުގެ ވަގުތެއްގައި އެވެ. އެކަމަކު ތޫފާނަކަށް ބަދަލުވިޔަސް އޭގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށާއި މިހާރުވެސް އެ ކޮޅިގަނޑުދަނީ ރާއްޖެއާއި ދުރަށް ކަމަށެވެ.

ކޮޅިގަނޑު ރާއްޖެއާއި ދުރަށް ދިޔަ ނަމަވެސް މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ އާންމުކޮށް ކުރާ ދުވަސްވަރަށް ވާތީ އެ ވިއްސާރަ ރާއްޖެއަށް ކުރާނެ ކަމަށް ބުނެ އެވެ. މެޓް އޮފީހުން ބުނީ ކޮޅިގަނޑުގެ ސަބަބުން ވައިބާރުވެ ކުރަމުންދާ ވިއްސާރަ ހުއްޓޭނީ ހަތަރުވަރަކަށް ދުވަސް ފަހުންނެވެ.

އެ ކޮޅިގަނޑު މިހާރު ހުރީ ބޭ އޮފް ބެންގޯލް އާއި ދިމާލުގައި އެވެ. މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެތީ އެ ތޫފާނަށް ދީފައިވާ ނަމަކީ "އެމްފަން" އެވެ.

މެތް އޮފީހުން ބުނީ މިއަދުވެސް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި45 މޭލާއި55 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.

މިހާރުވެސް ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ. އެ ސަރަހައްދުތަކަށް އާންމުގޮތެއްގައި ވައި ބާރުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.

މޫސުމަށް ސަމާލުވުމަސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް