އިހަވަންދޫ ފިހާރައެއް ފަޅާލައި 25،000 ރުފިޔާ ވަގަށް ނަގައިފި

ހއ. އިހަވަންދޫ ފިހާރައެއް ފަޅާލައި ވައްކަން ކޮށްފި އެވެ. ފުލުހުން ބުނީ އެ ކަމުގެ ރިޕޯޓުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ފިހާރައިގެ ވެރި ފަރާތާއި ހަވާލާދީ ފުލުހުން ބުނީ މައުލޫމާތު ލިބިފައިވާ ގޮ...

16 May 2020 | 04:08

ހއ. އިހަވަންދޫ ފިހާރައެއް ފަޅާލައި ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ އެ ކަމުގެ ރިޕޯޓުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ފިހާރައިގެ ވެރި ފަރާތާއި ހަވާލާދީ ފުލުހުން ބުނީ މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިހާރައިން25،000 ރުފިޔާ ވަގަށް ނަގާފައިވެ އެވެ.

މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ. އަދި ފިހާރައަށް ވަގުންް ވަދެފައިވަނީ ކިހިނެތްކަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ލޮކްޑައުންގެ މިހާލަތުގައި އަތޮޅު ތެރޭގައި ގިނަ ބަޔަކު ބޭންކަން ފައިސާ ޖަމާ ނުކޮށް އަތުގައި ދަނީ ފައިސާ ގެންގުޅެމުންނެވެ. މިިދިޔަ ހަފްތާގައިވެސް ފުލުހުން ވަނީ ރަށެއްގައި ދިރިއުޅުނު ބިދޭސީއެއްގެ އަތުން ވަގަށް ނެގި30،000 ރުފިޔާ ހޯދާފައި އެވެ.

ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި ރަށްރަށުގައި ފައިސާ ވަގަށް ނެގުމުގެ މައްސަލަ ދިމާވިޔަސް މާލޭގައި ބޮޑެތި ވައްކަމާއި ފޭރުމުގެ މައްސަލަތައް އެއްކޮށް ހުއްޓިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ އިދާރާއިން ބުނީ މާލޭގައި ވައްކަމުގެ ގޮތުގައި މިހާރު ހުށަހެޅެނީ ފިހާރަތަކުގެ ބޭރުގައި ބަހައްޓާފައި ހުންނަ ކާއެއްޗެހި ވަގަށް ގެންދިއުން ކަހަލަ މައްސަލަތައް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް