ކޯވިޑް-19: އިތުރު ތިން މީހަކު ރަނގަޅުވެ، ރަނގަޅުވި ޖުމްލަ އަދަދު 49 އަށް

ކޯވިޑް-19 އަށް ރާއްޖޭގައި ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން އިތުރު ތިން މީހަކު މި ބަލިން ރަނގަޅުވެ، ރަނގަޅުވި ޖުމްލަ އަދަދު 49 އަށް އަރައިފިއެވެ. ރަނގަޅުވާ މީހުންގެ މައުލޫމާތު އާންމުގޮތެއްގައި ހާމ...

15 May 2020 | 23:19

ކޯވިޑް-19 އަށް ރާއްޖޭގައި ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން އިތުރު ތިން މީހަކު މި ބަލިން ރަނގަޅުވެ، ރަނގަޅުވި ޖުމްލަ އަދަދު 49 އަށް އަރައިފިއެވެ.

ރަނގަޅުވާ މީހުންގެ މައުލޫމާތު އާންމުގޮތެއްގައި ހާމަކުރަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކޮންމެ ރެއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނަމަވެސް މިރޭ ނޫސްކޮންފެރަންސް ބާއްވާފައިނުވާތީ، މިއަދު ރަނގަޅުވި ތިން ކޭސްގެ މައުލޫމާތު އިއުލާނުކޮށްފައެއް ނުވެއެވެ.

ނަމަވެސް ކޯވިޑް-19ގެ ޑޭޝްބޯޑުން ދައްކާގޮތުގައި މިއަދު މިވަނީ އިތުރު ތިން މީހަކު ރަނގަޅުވެފައެވެ. އެއީ ތިން ދިވެހިންނެވެ. އެއީ ކޭސް ނަމްބަރު 219، 204 އަދި 75އެކެވެ.

މި ބަލިން މިހާތަނަށް 49 މީހަކު ރަނގަޅުވެފައިވާއިރު މި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު މިވަނީ 1031 އަށް އަރާފައެވެ. މިހާތަނަށް ހަތަރު މިހަކު ނިޔާވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް