ރެންޑަމް ސާމްޕަލްގެ ތެރެއިން އިމާމަކު ކޯވިޑް-19 އަށް ޕޮސިޓިވްވެއްޖެ

ހެންވޭރު އިބްރާހިމީ މިސްކިތުގެ އިމާމުު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އޭނާ ޕޮސިޓިވްވިކަން އަންގަން އެޗްޕީއޭއިން ގުޅި އިރު ހުރީ އަސުރު ނަމާދު ބަންގި ގޮވަން މިސްކިތުގައި އެވެ. އޭނާ ބައްޔަށް ޕޮސިޓި...

15 May 2020 | 20:03

ހެންވޭރު އިބްރާހިމީ މިސްކިތުގެ އިމާމުު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އޭނާ ޕޮސިޓިވްވިކަން އަންގަން އެޗްޕީއޭއިން ގުޅި އިރު ހުރީ އަސުރު ނަމާދު ބަންގި ގޮވަން މިސްކިތުގައި އެވެ. އޭނާ ބައްޔަށް ޕޮސިޓިވކަން އެނގުނީ މަގުމަތިން ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން ސާމްޕަލް ނަގައި ޓެސްޓު ކުރުމުންނެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާއިލް އަފްރާހް މީޑިއާގައި ވިދާޅުވީ ޕޮސިޓިވްކަން އެންގި ހިސާބުން އެއްވެސް ތަނަކަށް ނުގޮސް އިމާމު ހުރީ މިސްކިތުގައި މަޑުކޮށްގެން ކަމަށެވެ. އަދި އޭނާ ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އަފްރާހް ވިދާޅުވި އެވެ.

މިހާރު މިސްކިތުގައި ހުންނަތާ ހަތް ގަޑިއިރަށްވުރެ ގިނަ އިރުވެފައިވާއިރު އަދިވެސް އޭނާ ބަލާ އެޗްޕީއޭއިން ދިޔަ ކަމެއް ނޭނގެ އެވެ. އަފްރާހު ވިދާޅުވީ އިމާމު ޕޮސިޓިވްވުމާއި ގުޅިގެން އެ މިސްކިތް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށް ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފައި ވީނަމަވެސް ފަރުޟު ފަސް ނަމާދު ބަންގި ގޮވައެވެ. އެހެންވެ އިމާމުންނަށް އެންއީއޯސީގެ ހާއްސަ ހުއްދަ ބަންގި ގޮވަން ދާން ދޫކޮށްފައި އޮވެ އެވެ.

މިހާތަނަށް ރާއްޖެއިން1،020 މީހަކު ޕޮސިޓިވްވެފައިވާއިރު މިއީ އިމާމަކު ޕޮސިޓިވްވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް