އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދިފައިވާ ކަމަށް ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިހު ވިދާޅުވުމުން، އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނުސީދާ ގޮތެއްގައި އޭނާއަށް ރައްދުދެއްވައިފިއެވެ.
އަލީ ޞާލިޙު އެހެން ވިދާޅުވީ، ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ، އިންޓާރނެޓްގެ ހިދުމަތް ރާއްޖޭގައި ފޯރުކޮށްދޭ ކުންފުނިތަކާއެކު އެކި ގޮތްގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް މިހާރު ގެނެވިފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ރޯދަ މަސް ފެށުމާ ހަމައަށް 33 ރުފިޔާ އަށް ހުރި ޖީބީއެއްގެ އަގު މިހާރު މިއަދު ފަސް ރުފިޔާ ބަޔަށް ތިރިވެފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.
“މި ދައްކަނީ 1000 ރުފިޔާ އަށް 30 ޖީބީ ލިބެމުންދިޔަ ބަޔަކަށް، މިއަދު އެބަލިބޭ އެއްކަލަ 1000 ރުފިޔާ އަށް 180 ޖީބީ. މާނައަކީ ފަސް ރުފިޔާ ބަޔަށް ޖީބީއެއް މި ތިރިކުރެވެނީ. ގައުމުތަކާ އަޅާ ކިޔާލަންޖެހޭ، އަޅާކިޔާލާއިރު މިއޮތީ ބޮޑުތަނުން މިއޮތީ ކުރިއެރުން ހޯދިފައި” ހުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި އަލީ ވިދާޅުވިއެވެ.
https://twitter.com/faya_i/status/1383084426242842624
އެ ވާހަކަތަކަށް މީޑިއާގައި ތިލަވުމާއެކު މިނިސްޓަރު ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ވިއްކާ ޕެކޭޖްތަކުގެ އަގުތަކަށް އައި ބަދަލާ ސަރުކާރާ ގުޅުމެއް ނެތް ކަމަށެވެ. އަދި އަވަސް މުސްތަގްބަލެއްގައި އިންޓަނެޓް އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް