ރާއްޖެއިން އިތުރު 82 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ކޯވިޑަށް ޕޮސިޓިވްވެފައިވަނީ މާލލެއިން 40 މީހުންނެވެ. އަތޮޅުތެރެއިން 24 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން 18 މީހަކު ޕޮސިޓިވްވެފައިވެ އެވެ.
މިއަދަދުތަކާއި އެކުރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 26،000 އަށް އަރާފައި އެވެ.
މިއަދު ކޯވިޑަށްޓެސްޓުކޮށްފައި ވަނީ 1،792 ސާމްޕަލެވެ.
މިވަގުތު 2،584 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 53 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި 118 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 23،360 އަށް އަރާފައި އެވެ.
މިއަދު ކޯވިޑް ޖެހިގެން 82 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވެ އެވެ. ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 68 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 26،021 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް