ޔާރާގެ ދެބެން އެކްސް އަދި ވައި އާއެކު !

'ޔާރާ ސިސްޓަރސް' ގެ ގޮތުގައި މަޝްހޫރުވެފައިވާ ދެބެން ކަމުގައިވާ މަރިޔަމް އައްޒަ އާއި ޢާއިޝަތު ރިޝްމީ އަކީ އެ ދެ ފަންނާނުންގެ ފޭނުން އަބަދުވެސް ދެބެން އެކުގައި ފެނުމަށް ބޭނުންވާ ދެ ތަރިންނެވެ. ދެބެންް ...

16 Apr 2021 | 16:34

'ޔާރާ ސިސްޓަރސް' ގެ ގޮތުގައި މަޝްހޫރުވެފައިވާ ދެބެން ކަމުގައިވާ މަރިޔަމް އައްޒަ އާއި ޢާއިޝަތު ރިޝްމީ އަކީ އެ ދެ ފަންނާނުންގެ ފޭނުން އަބަދުވެސް ދެބެން އެކުގައި ފެނުމަށް ބޭނުންވާ ދެ ތަރިންނެވެ.

ދެބެންް އެކުގައި ފެނުން މަދުވާނަމަ، ދެބެންގެ މެދުގައި މައްސަލަ ޖެހިގެން އުޅެނީކަމުގައި ނިންމާ ފޭނުން އެކަމާވެސް ކަންބޮޑުވެއެވެ. ޚާއްޞަކޮށް އައްޒައަކީ ފޭނުންވާ ވަރަށް ގާތް ފަންނާނެކެވެ. ދިރިއުޅުމުގެ ކަންކަމުގެ އެންމެ ފަހުގެ އަދާހަމަ އަބަދުވެސް ފޭނުންނާ ހިއްސާކުރެއެވެ.

އުފަންދުވަސްތަކާއި ކައިވެންޏަށް މަސް ފުރޭފަދަ ދުވަސްތަކަކީ އައްޒަގެ ފޭނުންނަށް ވަރަށް ޚާއްޞަ ފޮޓޯތައް ދޫކޮށްލާ ދުވަސްދުވަހެވެ. ނަމަވެސް މިއަދު މި ފެނިގެން ދިޔައީ އެ ދެ ތަރިން ހިމެނޭ ވަރަށް ޚާއްޞަ ފޮޓޯއެކެވެ. އެއީ ދެތަރިންގެ މިހާރުގެ ފިރިންނާއި ކުރީގެ ފިރިންނާއެކު ނަގާފައިވާ ފޮޓޯއެކެވެ.

ދެތަރިން ވެސް ދެވަނަ ކައިވެންޏެއް ފަށައިގެން އުޅޭއިރު، ކުރީގެ ބައިވެރިންނާވެސް ރަނގަޅު ގުޅުމެއް އޮވެއެވެ. ކުދިންގެ ބައްޕަ ވީމަ ކަމަށް ވެސް ވެދާނެއެވެ.

ރިޝްމީ އާއި ރަވީގެ ކައިވެންޏަށް ދަރިއަކު ނެތަސް، ރިޝްމީގެ ކުރީ ކައިވެންޏަށ ދަރިއެއް ހުރެއެވެ. ރިޝްމީއާ އަޒޭގެ ހުންނަނީ ފިރިހެން ކުއްޖެކެވެ.  އަދި ރަވީގެ ކުރީިގެ ކައިވެންޏަށް ދެ ފިރިހެން ކުދިން ތިބެއެވެ. ރަވީއާއި ރިޝްމީ އެކުގައި، ރިޝްމީގެ ދަރިފުޅާއެކު ދިރިއުޅެއެވެ. ނަމަވެސް ދޭތެރެއަކުން ރަވީގެ ދެކުދިންނާއެކު ވަގުތު ހޭދަކުރެއެވެ. ބައެއް ފަހަރު ރިޝްމީމެން ދިރިއުޅޭ ގޭގައެވެ. އަނެއްބައި ފަހަރު ރިޝްމީގެ މަންމަގެ ގެއަށް ކުރާ ޒިޔާރަތްތަކުގައި ވެސް ރަވީގެ ކުދިންވެސް ބައިވެރި ކުރެއެވެ. އަދި ރިޝްމީއާއި އަޒޭގެ ދަރިފުޅުގެ ހާއްސަ ކަންކަމު އެ ދެތަރިން އެކުގައި ބައިވެރިވެއެވެ.

ދެން އޮތީ އައްޒަގެ ވާހަކައެވެ. އައްޒަ އާއި މުއާގެ ކައިވެންޏަށްވެސް ދަރިއަކު ނުހުރެއެވެ. ނަމަވެސް އައްޒަގެ ކުރީގެ ކައިވެންޏަށް ފިރިހެން ކުއްޖެއް ހުރެއެވެ. އެއީ އައްޒަ އާއި ޖުމާގެ ދަރިއެކެވެ. އަދި މުއާގެ ކުރީގެ ކައިވެންޏަށްވެސް ދަރިއަކު ހުރެއެވެ. އެއީ އަންހެން ކުއްޖެކެވެ. މި ދެތަރިން ދިރިއުޅެނީ އައްޒަގެ ގޭގައެވެ. އައްޒަގެ ދަރިފުޅާއެކު މުއާއާއި އައްޒަ ދިރިއުޅޭއިރު، މުއާގެ ކުރީގެ ކައިވެންޏަށް ލިބުނު ދަރިފުޅާއެކު މުއާ އާއި އައްޒަ ވަގުތު ހޭދަކުރެއެވެ. އެ ދެތަރިންގެ ދިރިއުޅުމުގެ މިކަންކަން ދުވަސްއިން ވާނީ މީގެ ކުރިން ގެނެސްދީފައެވެ.

ކޮންމެއަކަސް، ދޮން ދަރިންނާއެކު 'ޔާރާ ސިސްޓަރސް' ގެ ދިރިއުޅުން އުފާވެފައި ނަލައެވެ. ދޭތެރެއަކުން ދެބޭން އެކުގައިވެސް ފޮޓޯތަކުން ފެނެއެވެ. ނަމަވެސް ދެބެންގެ މިހާރުގެ ފިރިންނާއި ކުރީގެ ފިރިންނާއެކު މިނެގި ފޮޓޯއަކީ ތާރީޚީ ފޮޓޯއެކެވެ. އެކަމަކު އަޒޭއާއި ޖުމާ ތިބީ 'ޕޮޒިޝަން' އޮޅުވާލައިގެންނެވެ. އެހެނަސް ފޮޓޯ ވަރަށް ނަލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް