އަހުސަން ޖަލު ގޮޅިއަށް ވެއްދުމުގައި އަމަލު ކުރި ގޮތް ފުލުހުން ސާފުކޮށްދީފި

ޓެރަރިޒަމްގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ތ. ތިމަރަފުށީ އަސްރަފީވިލާ، އަހުސަން މުހައްމަދު ދޫނިދޫ ޖަލު ގޮޅިއަށް ވެއްދުމުގައި ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލައިގަ ކަން ހި...

16 Apr 2021 | 15:39

ޓެރަރިޒަމްގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ތ. ތިމަރަފުށީ އަސްރަފީވިލާ، އަހުސަން މުހައްމަދު ދޫނިދޫ ޖަލު ގޮޅިއަށް ވެއްދުމުގައި ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލައިގަ ކަން ހިނގާ ދިޔަ ގޮތް ފުލުހުން ސާފުކޮށްދީފި އެވެ.

ތިމަރަފުށީގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރާވައި އެ ރަށުގަ ހަރުކަށި ފިކުރު ފަތުރަމުންދިޔަ ކަމުގެ ތުހުމަތުގައި އަހުސަން އާއި އެކު އަށް މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ޖަލު ގޮޅިއަށް ވެއްދުމުގައި އަމަލު ކުރިގޮތާއި މެދު ހިތްހަމަ ނުޖެހިގެން އާއިލާއިން ވަނީ ފުލުހަށް ޝަކުވާ ހުށަހަޅާފައި އެވެ.

ފުލުހުން މިރޭ ބުނީ އަހުސަން ބަންދުގައި ބަހައްޓާފައި ހުރި، ގޮޅީގައި ހަރުކޮށްފައިހުރި ކެމެރާއަށް ނުފެންނަގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް އެތައް ފަހަރަކު ކެމެރާ ބްލައިންޑް ކުރަމުން ދިޔަ ކަމަށެވެ. އެކަމާއި ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ އަށެއްޖަހާ އެހައިކަންހާއިރު އަހުސަން ގޮޅިން ބޭރަށް ނެރުނު ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައިހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އޭނާއަށް އެންގި ކަމަށެވެ. އެކަމަކު ގޮޅިއަށް ވަނުމަށް އެތައް ފަހަރަކު ނަސޭހަތްތެރިވުމުންވެސް އެކަމަށް އަހްސަން ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް އިންޒާރުތައް ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިކަން ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިން އަމަލުކޮށްފައިވޭތޯ ޔަގީން ކުރުމަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީ އަށް ހުށަހަޅައި ބަލަމުންދާ ކަމަށެވެ.

އަދި ބެލުންތަކަށް ފުލުހުން އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ހިލާފަށް ނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް