ޕީއެސްޖީން ބޭނުންވަނީ އެމްބާޕޭގެ ބަދަލު ރޮނާލްޑޯ

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އަންނަ ޓްރާންސްފާ ބާޒާރުގައި ކުލަބު ދޫކޮށްލާނަމަ އޭނާގެ ބަދަލު ޕީއެސްޖީން ބޭނުންވަނީ ޔުވެންޓަސް ކުޅެމުން އަންނަ ޕޯޗުގަލް ފޯވާޑް ކްރިސްޓ...

16 Apr 2021 | 15:20

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އަންނަ ޓްރާންސްފާ ބާޒާރުގައި ކުލަބު ދޫކޮށްލާނަމަ އޭނާގެ ބަދަލު ޕީއެސްޖީން ބޭނުންވަނީ ޔުވެންޓަސް ކުޅެމުން އަންނަ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކަމުގައި ރިޕޯޓުތަކުން ބުނެފިއެވެ.

ރޮނާލްޑޯއަކީ ޕީއެސްޖީން މިވަގުތު އެކުލަބަށް ގެންނަން އެންމެ ބޭނުން އެއްކުޅުންތެރިޔާކަމަށް ވާއިރު، އެ ކުލަބުން ދަނީ އަންނަ ސީޒަނަށް ކުލަބު ވަރުދަގަކުރުމަށް އިތުރުކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކުލަބުން ރޮނާލްޑޯ ގެންދަން ބޭނުންވާކަން މާކުރިންވެސް ވަނީ ހާމަކޮށްފައެވެ.

އަންނަ ޓްރާންސްފާ ބާޒާރުގައި އެމްބާޕޭ ޕީއެސްޖީ ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ވާހަކަތައް މީޑިއާގައި ތިލަވެފައިވާއިރު، އަންނަ އަހަރަށް އެކުލަބުން އެކުލަވާލި ޕެލޭންގައިވެސް އެމްބާޕޭ ހިމަނާފައެއް ނުވެއެވެ. އެހެން ކަމުން ޕީއެސްޖީން މަސައްކަތް ކުރަމުން ގެންދަނީ ރޮނާލްޑޯ ގެނައުމަށްކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު ޔުވެންޓަސް ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ފެންމަތިވެފައިވާއިރު، ރޮނާލްޑޯ އެނބުރި ރެއާލް މެޑްރިޑަށް ބަދަލުވެދާނެ ކަމުގެ ވާހަތަކެއްވެސް މީޑިއާގައި ވަނީ ގަދަވެފައެވެ. އެހެން ނަމަވެސް މިކަން ރެއާލް މެޑްރިޑުން ދޮގުކުރެއެވެ. ރޮނާލްޑޯ ޔުވެންޓަސްގެ އެއްބަސްވުމުގައި އަދިވެސް ހުރިއިރު، އޭނާ ޔުވެންޓަސްއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށެވެ.

މިފަހަރުގެ ސީޒަނަށް ފަހު ރޮނާލްޑޯ ކުލަބު ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނީ މިހާރު ކުރިޔައްދާ ޔޫއެފާ ޗެމްޕިއަނަސް ލީގުގެ ދެވަނަ ބުރުން ޕޯޗުގަލްގެ ޕޯޓޯއަތުން ބަލިވެ ޔުވެންޓަސް މުބާރާތުން ކެޓުމާއި ގުޅިގެންނެވެ.

ޔުވެންޓަށްއިން އަހަރަކުު 31 މިލިއަން ޔޫރޯގެ މުސާރައެއް މިހާރުވެސް ރޮނާލްޑޯއަށް ދެމުންއަންނައިރު، މި މުސާރައިގައި ރޮނާލްޑޯގެންދިއުމުގެ ތަނަވަސްކަން މިވަގުތު ހުރި ހަމަ އެކަނި ކުލަބަކީ ފްރާންސްގެ ޕީއެސްޖީ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް