ވަގަށް މީހުން އެތެރެކުރާ ކަމުގެ ތުހުމަތުގައި ޕާކިސްތާންގެ ބަޔަކު އެމެރިކާއިން ބްލެކްލިސްޓް ކޮށްފި

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީއަށް ނުރައްކާވެދާނެ ފަދަ މީހުން ހިމެނޭ ގޮތަށް އެމެރިކާއަށް ވަގަށް މީހުން އެތެރެކުރާކަމުގެ ތުހުމަތުގައި ޕާކިސްތާންއަށް ނިސްބަތްވާ ބަޔަކު އެމެރިކާއިން ބްލެކް ލިސްޓް ކޮށްފިއ...

16 Apr 2021 | 14:58

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީއަށް ނުރައްކާވެދާނެ ފަދަ މީހުން ހިމެނޭ ގޮތަށް އެމެރިކާއަށް ވަގަށް މީހުން އެތެރެކުރާކަމުގެ ތުހުމަތުގައި ޕާކިސްތާންއަށް ނިސްބަތްވާ ބަޔަކު އެމެރިކާއިން ބްލެކް ލިސްޓް ކޮށްފިއެވެ.

އެމެރިކާއިން ޕާކިސްތާން އަށް ނިސްބަތްވާ ބަޔަކަށް އެ ފިޔަވަޅު އަޅާފައިވަނީ، އެމެރިކާގެ އައު ސަރުކާރު ފެށިގެން އައި އިރު މިހާތަނަށް ސިޔާސީ ގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ އެމެރިކާ،މެކްސިކޯގެ ބޯޑަރާއި ގުޅިގެން އެ ގައުމުގައި ހާސްކަން ބޮޑުވެފައިވާ ދުވަސްވަރާއި ދިމާކޮށްކަމަށް ބޭރުގެ ހަބަރުތަށް ބުނެއެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ވާ ގޮތުން އެ ގައުމުން ބްލެކްލިސްޓްކޮށްފައިވަނީ ޕާކިސްތާންގެ ރައްޔިތެއް ކަމަށްވާ އާބިދު އަލީ ޙާން ނަމަކަށް ކިޔާމީހެއް ކަމަށާއި، އޭނާ އިސްވެ ހުރެގެން އެކި ގައުމުތަކުގެ މެދުގައި ހިންގަމުން އަންނަ ކްރިމިނަލް އޯގަނައިޒޭޝަނަށް ނިސްބަތްވާ އިތުރު ތިން މީހެއްކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި އެމީހުން 2015 ވަނައަހަރުން ފެށިގެން އެކި ގޮތް ގޮތަށް ލެޓިން އެމެރިކާގެ މަގުން ވަގަށް އެމެރިކާއަށް މީހުން އެތެރެކުރުމުގައި މަސައްކަތް ކޮށްފައިވާ އިރު އެތެރެކުރާ ކޮންމެ މީހެއްގެ ބޮަލަކަށް 20،000 ޑޮލަރުގެ ވަގު މަންފާއެއް ހޯދާކަމަށްވެސް ޓްރެޝަރީއިން ނެރިފައިވާ ބަޔާނުގައި ވެއެވެ.

އެމެރިކާގެ ކޯޓުން ޙާން ގެ މައްޗަށްވަނީ، ޕާކިސްތާން އާއި އަފްގާނިސްތާންއިން ވަގަށް އެމެރިކާއަށް މީހުން އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ކަނޑައަޅާފައެވެ.

އަދި އެމެރިކާގެ ބާރުގެ ދަށުގައިވާ ބްލެކް ލިސްޓްކޮށްފައިވާ ފަރާތްތަކަށް ނިސްބަތްވާ ހުރިހާ މުދަލެއް ފްރީޒް ކުރުމަށް ކަނޑައަޅައި އެފަރާތްތަކާ އެމެރިކާއިން ގުޅުން ބޭއްވުން ވަނީ މަނާ ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް