ތ. އަތޮޅުގެ އިތުރު ދެ ރަށަކުން ކޯވިޑް-19ގެ ކޭސްތަކެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެޗްޕީއޭއިން ބުނީ އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ގާދިއްފުއްޓާއި، މަޑިފުށި ކަމަށެވެ. އެ ދެ ރަށްވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ވޭމަންޑޫއަށް ދަތުރު ކުރި ބަޔަކު ކޯވިޑް-19 އަށް ޕޮސިޓިވް ވުމުންނެވެ.
މަޑިފުށި މޮނިޓަރިންއަށް ލީ މިއަދު އެވެ.
ވޭމަންޑޫއަށް ދަތުރު ކުރި ބަޔަކު ޕޮސިޓިވްވެގެން މީގެ ކުރިން އެ އަތޮޅު އޮމަދޫ އާއި ކިނބިދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. އޭގެ ތެރެއިން ކިނބިދޫގައި ވޭމަންޑޫ އަށް ދަތުރު ކޮށްގެން ކޮންޓެކްޓުވި 12 އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް ޖެހިފަ އެވެ.
ވޭމަންޑޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ އެރަށުގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެއަށް ގެނައި ދެ މީހަކު ކޯވިޑަށް ޕޮސިޓިވްވެގެންނެވެ.
މި ކްލަސްޓާ އާއި ގުޅުން ނެތް ކޯވިޑް ކްލަސްޓާއެއް ވިލުފުށިންވެސް ވަނީ ފެނިފައި އެވެ. އެ ރަށުން މިހާތަނަށް 10 މީހުން ޕޮސިޓިވްވެފައިވެ އެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި އެހެން އަތޮޅުތަކުގެ ރަށްތަކުގެ ތެރޭގައި، ޅ. ނައިފަރު، ފެލިވަރު، ހިންނަވަރު، ކުރެންދޫ، ކ. ހުރާ، ދިއްފުށި އަދި އދ. މާމިގިއްޔެ އެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް