ޝާހިދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލު ކުރައްވައިފި އެވެ. ރަސްމީ ދަތުރުފު...

16 Apr 2021 | 11:46

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލު ކުރައްވައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު އެވެ. މި ދަތުރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރެއްވި ދަތުރެއް ކަމަށްފޮރިން މިނިސްޓްރީން ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖައިޝަންކަރާއި މިނިސްޓަރު ޝާހިދު ބައްދަލު ކުރައްވާ އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. ހާއްސަކޮށް، ކޯވިޑާ ދެކޮޅު މަސައްކަތަށް އިންޑިއާ އިން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.

ކޯވިޑުން ދިފާއުވުމަށް އެންމެ ފުރަތަމަ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރީ ވެސް އިންޑިއާއިންނެވެ.

ޖައިޝަންކަރު ވަނީ ރާއްޖޭގެ ކުރިއެރުމަށް އަބަދު ވެސް އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މިދިޔަ މަހު ވެސް ޝާހިދު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ. މިދިޔަ މަހު އިންޑިއާއަށް ވަޑައިގެންނެވީ 2017 ވަނަ އަހަރުން ފެށިގެން ދެކުނު އިންޑިއާގެ ހިސާބުތަކުން އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުން އިންޑިއާއަށް ގެނެސްދެވޭނެ ތަރައްގީ އާއި ކުރިއެރުމާ ބެހޭގޮތުން ބޭއްވޭ “އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު”ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް