ދުނިޔޭގެ ޖޫނިއާ ޓީޓީ ރޭންކިންގެ ގަދަ 10 ގައި ދީމާ

ދުނިޔޭގެ ޓޭބަލް ޓެނިސް ޖޫނިއާ ރޭންކިންގެ ގަދަ 10 ގައި ރާއްޖޭގެ ޓީޓީ ކުޅުންތެރިޔާ ފާޓިމަތު ދީމާ އަލީ ހިމެނިއްޖެ އެވެ. އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަނުން އާންމު ކުރި ސިންގަލްސް ރޭންކިންގައި 15 އަ...

16 Apr 2021 | 11:24

ދުނިޔޭގެ ޓޭބަލް ޓެނިސް ޖޫނިއާ ރޭންކިންގެ ގަދަ 10 ގައި ރާއްޖޭގެ ޓީޓީ ކުޅުންތެރިޔާ ފާޓިމަތު ދީމާ އަލީ ހިމެނިއްޖެ އެވެ.

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަނުން އާންމު ކުރި ސިންގަލްސް ރޭންކިންގައި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގަ ދީމާ ހިމެނިފައިވަނީ އަށް ވަނައިގަ އެވެ. ދީމާ އަށް ވަނައިގައި ހިމެނުނީ 1،028 ޕޮއިންޓް ހޯދައިގެންނެވެ.

އެ ކެޓަގަރީގެ ރޭންކިންގެ އެއް ވަނަ ހޯދާފައިވަނީ ޖަޕާންގެ މިވާ ހަރިމޯޓާ އެވެ.

ގަދަ 10 ގައި ހިމެނުނީ ދެކުނު އޭޝިއާގެ ދެ ކުޅުންތެރިންނެވެ. އެއީ ދީމާގެ އިތުރުން ރޭންކިންގެ ހަތް ވަނައިގަ އޮތް އިންޑިއާގެ ސުހާނާ ސައިނީ އެވެ. ސުހާނާއަށް ލިބުނީ 1،032 ޕޮއިންޓެވެ.

މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެނުންގެ ހުރިހާ އިވެންޓަކުން ދީމާ ރަން މެޑަލް ހޯދި އެވެ. އޭނާ މިދިޔަ އަހަރު ތަމްރީންތައް ފުރިހަމަ ކޮށްފައިވަނީ ތައިލެންޑްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް