މައްސަލަ ހައްލުކޮށް ހުޅުމާލެއަށް ކަރަންޓް ދީފި

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑުމަށް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް ދީފިއެވެ. މިކަން ހުޅުމާލޭ ސްޓެލްކޯއިން ވަނީ "ދުވަސް" އަށް ކަށަވަރުކޮށްދެއްވާފަ އެވެ. ހުޅުމާލެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑު...

16 Apr 2021 | 10:02

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑުމަށް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް ދީފިއެވެ.

މިކަން ހުޅުމާލޭ ސްޓެލްކޯއިން ވަނީ "ދުވަސް" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ހުޅުމާލެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ މެންދުރު ފަހު ގާތްގަނޑަކަށް10 ވަރަކަށް މިނެޓަށެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ހުޅުމާލޭން ކަރަންޓް ދިޔައީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. އެހެން ނަމަވެސް ދިމާވެފައިވަނީ ކޮން މައްސަލައެއްކަން ސާފުކޮށެއް ނުދެއެވެ.

ކަރަންޓް ކެނޑުނު ދަނޑިވަޅުގައި ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް