މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ އެވެ.
މިކަން ހުޅުމާލޭ ސްޓެލްކޯއިން ވަނީ ދުވަސް އަށް ވެސް ކަށަވަރުކޮށްދެއްވާފަ އެވެ. ހުޅުމާލެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ މެންދުރު ފަހު ކަމަށް މައުލޫމާތުލިބިފައިވެ އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ހުޅުމާލޭން ކަރަންޓް ދިޔައީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް ދިމާވެފައިވާ ކޮން މައްސަލައެއްކަން ސާފުކޮށެއް ނުދެއެވެ.
މައްސަލަ ހައްލުކޮށް ވީހާ ވެސް ކަރަންޓްގެ ޙިދުމަތް ފޯރުކޮށްދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ހުޅުމާލެ ސްޓެލްކޯއިން ބުނެ އެވެ.
މި ދަނޑިވަޅުގައި ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް