ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރުގެ އާއިލާއަށް އިތުރު މެމްބަރާއި އެކު އިތުރު ފޮޓޯއެއް އާންމުކޮށްފި އެވެ.
ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ކަރީނާ އާންމު ކުރި ފޮޓޯގައި ތިބީ ސައިފް އަލީ ހާނާއި ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާންގެ އިތުރުން ހަގު ދަރިފުޅެވެ. ސައިފާއި ތައިމޫރުގެ މޫނު ފެނުނު ނަމަވެސް ހަގު ދަރިފުޅުގެ މޫނު މިފަހަރުވެސް ވަނީ އިމޯޖޯއެއް ޖަހައި ފޮރުވާފައި އެވެ.
ހަފްތާ ބަންދު ހޭދަކުރަމުންދާ ގޮތް ބުނެދީ ކޮށްފައިވާ އެ ޕޯސްޓުގައި ކަރީނާ ވަނީ އެހެން މީހުން ހަފްތާ ބަންދު ހޭދަ ކުރީ ކިހިނެތްތޯ ސުވާލުކޮށްފައި އެވެ.
އެ ފޮޓޯ އާންމު ކުރި އިރު ހަގު ދަރިފުޅުގެ މޫނު ފެންނަން ނެތުމުން ގިނަ ބައެއްގެ އުންމީދުތައް ފެނަށް ގޮސް އިންތިޒާރު ކުރަން ޖެހޭ މުއްދަތު ވަނީ އިތުރުވެފަ އެވެ. ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް އާންމު ނުކުރާތާ ކުއްޖާއަށް ކިޔާ ނަންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ކަރީނާގެ ހަގު ދަރިފުޅަށް މިމަހުގެ21 ވަނަ ދުވަހު ދެ މަސް ވާނެ އެވެ.
https://www.instagram.com/p/CNt1F_1phv5/
ކަރީނާ ހަގު ދަރިފުޅުކަމަށް ބެލެވޭ ކުއްޖެއްގެ ފޮޓޯ މީގެ ކުރިން އޭނާގެ ބައްޕަ ރަންދީރު ކަޕޫރު އިންސްޓަގްރާމް ކޮށްފައި އެވެ. ތައިމޫރާއި ކަރީނާ ހަގުދަރިފުޅުގެ އެ ފޮޓޮ އާންމުކުރިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެ ފޮޓޯ ވަނީ ޑިލީޓް ކޮށްލާފައި އެވެ.
މިހާތަަނަށް މީޑިއާގައި އާންމުވެފައިވަނީ ކަރީނާ ހަގުދަރިފުޅުގެ ފޮޮޓޯތަކަކީ ވިހައިގެން ހޮސްޕިޓަލުން ގެއަށް ދާން ކާރުގައި ނޭނީގެ އުނގުގައި އޮތް ފޮޓޯއެކެވެ. އެ ފޮޓޯގައި ކުއްޖާގެ މޫނުގައި ފޮތިގަނޑު އަޅާފައި އޮތުމުން މޫނެއް ނުފެނެއެވެ.
މިދިޔަ މަހުގެ އަށް ވަނަ ދުވަހު އަންހެނުންގެ ދުވަހާއި ގުޅިގެން ކަރީނާ ކުރި ޕޯސްޓެއްގައި ހަގުދަރިފުޅު އުރައިގެން ހުރި އިރު ފެންނަނީ އެ ކުއްޖާގެ ބޮލުގެ ފުއްކިބައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް