ދެ ޑޯޒް ފުރިހަމަކޮށް ޕީސީއާރު ޓެސްޓަކާއި ނުލައި ރާއްޖެއަށް އާދެވޭނެ

އެހެން ގައުމުތަކުން ދިވެހިރާއްޖެއަށް، ޕީސީއާރު ޓެސްޓަކާއި ނުލައި ދަތުރުކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ރާއް...

16 Apr 2021 | 08:55

އެހެން ގައުމުތަކުން ދިވެހިރާއްޖެއަށް، ޕީސީއާރު ޓެސްޓަކާއި ނުލައި ދަތުރުކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއަށް ދަތުރުކުރުން ފަސޭހަކުރުމުގެ ގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާތާ 14 ދުވަސް ފަހުން ދަތުރުކުރާނަމަ މިހާރު ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ނުޖެހޭނެއެވެ.

ޕީސީއާރު ޓެސްޓެއް ހެދުމަށް އުފުލަންޖެހޭ ތަކުލީފާއި ކުރަންޖެހޭ ހޭދައަކީ ގިނަ ބައެއްގެ ޝަކުވާއަކަށް ވާއިރު، މި ބަދަލާއެކު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއަށް 345،261 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި މައުލޫމާތުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު 92,103 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. ފެބްރުއަރީ މަހު 96,882 ފަތުރުވެރިން ޒިޔާރާތް ކުރިއިރު މާޗް މަހު 109,585 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މި މަހުގެ މިހާތަނަށް ވަނީ 46،691 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް