ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ހިލާފުވުމަކީ ޖިނާއީ ގޮތުން ދައުވާ ކުރަންވީ ކަންކަން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ.
އިއްޔެ މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި 3 މީހުންނަކީ މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޕާޓީކޮށް މަސްދަތުރެއް ދިޔަ ބައެއްކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައި އެވެ. އަދި އެމީހުންގެ މެދުގައި ބަލި ފެރެންޖެހުނު މައިގަނޑު ސަބަބަކީ ގިނަ ބަޔަކު އެގޮތަށް އެކުވެގެން އުޅުން ކަމަށް ބުނެ އެވެ.
މިކަމާ ގުޅިގެން ޑރ. މުއިޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމީހުން ވައިރަަސްއަށް ޕޮސިޓިވް ވުމުގެ ނަތީޖާ އަކީ އިޖްތިމާއީ ގައިދުރު ކަމަށް ސަމާލުކަން ނުދިނުމުގެ ހިތިކަން ކަމަށެވެ. މުއިޒު ވިދާޅުވީ މިސްކިތްތަކުގައި ނަމާދު ކުރުން މަނާކޮށްފައި ވަނިކޮށް އެމީހުން ވަނީ ޕާޓީތަކާއި މަސްދަތުރުތައް ފަދަ އެއްވުންތައް ބާއްވާފައި ކަމަށެވެ.
އިތުރަށް ވިދާޅުވީ މިފަދަ އެއްވުންތައް ބޭއްވުމަކީ ޖިނާއީ ގޮތުން ދައުވާވެސް ކުރަންވީ ކަންކަން ކަމަށެވެ.
https://twitter.com/MMuizzu/status/1250838310223667203
އެޗްޕީއޭއިން ބުނީ އެމީހުންނާއި އެކި ގޮތްގޮތުން ގުޅުން ހުރި22 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސް200 އަށްވުރެ ގިނަ މީހުން އައިސޮލޭޝަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މީގެ ތެރެއިން83 މީހުންނަކީ މި ކޭސްތަކާއި ގުޅިގެން ބަލި ޖެހިފައިވުމުގެ ނުރައްކާތެރިކަން އޮތް މީހުންނެވެ.
މި މީހުން ވަނީ ހުޅުލޭގައި އައިސޮލޭޓް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް