ވައްކަމުގެ މައްސަލައެއްގައި މީހަކަށް އަނިޔާކޮށް ބޮކްސާގައި ގަންހިންގުވި މައްސަލައެއްގައި ރ. ހުޅުދުއްފާރުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެމީހަކާއި 30 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެކެވެ. އެއީ ހުސް ދިވެހި ފިރިހެނުންނެވެ.
އެ ފަސް މީހުން ހައްޔަރުކުރީ 18 އަހަރުގެ ދިވެހި ފިރިހެނަކު ވައްކަން ކުރިކަމަށްބުނެ އެ ރަށުގެ ފަސްމީހުން ހިމެނޭ ގްރޫޕަކުން 18 އަހަރުގެ އެމީހާ ރަށުގެ އުތުރުފަރާތު މީހުން ނޫޅޭ ސަރަހައްދަށް ގެންގޮސް އަނިޔާކޮށް، ބޮލުން ބައެއް ބާލައި، އޭނާގެ ފޯނު މޫދަށް އެއްލާލައި، ބަރަހަނާކޮށް އޭނާ ލައިގެން ހުރި ބޮކްސާގައި ރަށުތެރޭގައި ހިންގުވާފައި އާއިލާ ކައިރިއަށް ގެންދިޔަ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ އަންގާރަ ދުވަހު ހުށަހެޅުނު އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް