ދަތުރު ނުދިއުމަށާއި މާހެފުންތަކާއި މައިދާންތަކަށް އެއްވުން ކުރިއަށް ނުގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

ކޯވިޑް-19 މާލެއިން ފެނި ރަށްރަށުންވެސް ފެނިދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ދަތުރު ނުދިއުމަށާއި މާހެފުންތަކާއި މައިދާންތަކަށް އެއްވުން ކުރިއަށްނުގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތ...

16 Apr 2020 | 15:49

ކޯވިޑް-19 މާލެއިން ފެނި ރަށްރަށުންވެސް ފެނިދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ދަތުރު ނުދިއުމަށާއި މާހެފުންތަކާއި މައިދާންތަކަށް އެއްވުން ކުރިއަށްނުގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދު ކޮށްފައިވާ އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ  ކޮވިޑް 19 އަށް މާލެއިން ތިން ފަރާތެއް ޕޮޒިޓިވްވެފައިވާއިރު މާލެއާއި އައްޑޫސިޓީއާއި ދެމެދު ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުން ވައިގެމަގުން ދަތުރު ކޮށްފައިވާއިރު ރޯގާއާއި ގުޅޭ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ، އައްޑޫ ފްލޫކުލިނިކް 6884973 މިނަންބަރަށް ގުޅުއްވައި އެފަރާތުގެ އިރުޝާދާއެއްގޮތަށް ޢަމަލުކުރެއްވުމަށް ނަޞޭހަތްތެރިވާކަމަށެވެ.

މިވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ދަންނަވާކަމަށާއި އަދި އައްޑޫސިޓީގައި މިބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމަކަށްނޫނީ ބޭރަށްނިކުމެ ނޫޅުމަށާއި ދަތުރު ނުދިއުމަށާއި މާހެފުންތަކާއި މައިދާންތަކަށް އެއްވުން ކުރިއަށްނުގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް