ފާއިތުވި 14 ދުވަހު ރަށަށްދިޔަ މީހުން 14 ދުވަހު ގޭގައި މަޑުކޮށްލުމަށް ކުޅުދުއްފުށީ ކައުންސިލުން އިލްތިމާސްކޮށްފި

ފާއިތުވި 14 ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ހދ. ކުޅުދުއްފުއްޓަށް ގޮސްފައިވާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކޮށްލުމަށް ކުޅުދުއްފުށީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އެ ...

16 Apr 2020 | 15:40

ފާއިތުވި 14 ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ހދ. ކުޅުދުއްފުއްޓަށް ގޮސްފައިވާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކޮށްލުމަށް ކުޅުދުއްފުށީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދު ނެރެފައިވާ އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވިލަރެސް ކުރުމަށްޓަކައި އެކުލަވާލާފައިވާ ޓާސްކު ފޯސްގެ ފަރާތުން ކަމާއި ގުޅުންހުރި އިދާރާތަކުގެ އިރުޝާދާއެކު ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި ރާއްޖޭގެ ވެރިރަށް މާލެއިން ކޮވިޑް-19 ރޯގާއަށް ފައްސިވެފައިވާ މިހާކު ފެނުމާއި ގުޅިގެން ރާއްޖޭގެ ހާލަތު އިތުރަށް ވަނީ ނާޒުކު ވެފައި ކަމަށެވެ.

" އެހެންކަމުން ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުދުއްފުށްޓަށް އައިސްފައިވާ ފަރާތްތަކުން އެ ފަރާތްތައް ރަށަށް އައި ދުވަހުން ފެށިގެން މަދުވެގެން 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކުރެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ގޭގައި މަޑުކުރައްވާ މުއްދަތުގައި ގޭގައި އުޅޭމީހުންނާއި ގައިދުރުކޮށް އުޅުމަށް ވެސް ނަޞޭހަތްތެރިވަމެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.

އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމަތެއް ފެނިއްޖެނަމަ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ކޮވިޑް-19 ހޮޓްލައިން 7606688 ނަންބަރަށް ގުޅުއްވައި ދެއްވާ އިރުޝާދުގެ ދަށުން ޢަމަލު ކުރުމަށް ދަންނަވައި އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގައި އިތުރުވެފައި މިވާ ދަނޑިވަޅުގައި ކުޅުދުއްފުށީގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުން ގޭގައި މަޑުކުރެއްވުމަށާއި، ތަންތަނަށް އެއްވެ ނޫޅުމަށާއި، ކޮންމެހެން ޟަރޫރީ ބޭނުމެއް ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ އަދާ ކުރައްވައި ސިއްހީ މާހިރުންގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް ނަސޭހަތްތެރިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް