ފުޅި ގެންގޮސްދެވޭނީ ގެއާއި ހަމައަށް، ހުސްފުޅި އެޕާޓްމެންޓުން ނެރެދޭންވާނެ: މޯލްޑިވް ގޭސް

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ވަގުތުގައި މޯލްޑިވް ގޭސްއިން ގޭސް ފުޅި ގެންގޮސްދެވޭނީ ގެއާއި ހަމައަށް ކަމަށާއި ހުސް ފުޅި އެޕާޓްމެންޓުން ނެރެދީފައި ބެހެއްޓުމަށް އެދޭކަމަށް މޯލްޑިވް ...

16 Apr 2020 | 14:43

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ވަގުތުގައި މޯލްޑިވް ގޭސްއިން ގޭސް ފުޅި ގެންގޮސްދެވޭނީ ގެއާއި ހަމައަށް ކަމަށާއި ހުސް ފުޅި އެޕާޓްމެންޓުން ނެރެދީފައި ބެހެއްޓުމަށް އެދޭކަމަށް މޯލްޑިވް ގޭސްއިން ބުނެފިއެވެ.

މޯލްޑިވް ގޭސްއިން ބުނެފައިވާގޮތުގައި މިކަން މިގޮތަށް ކުރުމަށް ނިންމާފައިވަނީ ދެފަރާތުގެވެސް ސަލާމަތާރި ރައްކާތެރިކަމަށްޓަކައެވެ. އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންވެސް ކެތްތެރިވެ ތިއްބަވައިގެން ދެއްވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވާކަމަމުގައިވެސް މޯލްޑިވް ގޭސްއިން ބުނެއެވެ.

ގޭސް ޑެލިވަރ ކުރުމުގެ ހިދުމަތް މިއަދު ހެނދުނު 09:00 އިން މިރޭ 08:30 އާއި ހަމައަށް ކުރިއަށްދާއިރު މި ހާލަތުގައި ގޭހަށް އޯޑަރު ކުރެވޭނެ ހާއްސަ ގޮތްތަކެއްވެސް މޯލްޑިވް ގޭސްއިން ތައާރަފްކޮށްފައިވެއެވެ. އެއީ މޯލްޑިވް ގޭސްގެ ވެބްސައިޓް މެދުވެރިކޮށާއި އެސްއެމްއެސް މެދުވެރިކޮށެވެ.

ވެބްސައިޓް މެދުވެރިކޮށް އޯޑަރު ކުރާނަމަ ވެބް އެޑްރެސް އަކީ: https://maldivegas.com/order އެވެ.

އެސްއެމްސްއެސް މެދުވެރިކޮށް އޯޑަރުކުރާނަމަ <ކަސްޓަމަރ ކޯޑް> <ދިވެހިރ ރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރު> <އައިޓަމް ކޯޑް> ޖެއްސެވުމަށްފަހު 7201616 އަށް މެސެޖެއް ކޮށްލެއްވުމުން ހިދުމަތް ލިބިލައްވާނެއެވެ.

އެސްއެމްއެސް މިސާލު: CA-51520 A000000 LP10

https://twitter.com/maldivegas/status/1250637694960427008

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް