އިއްޔެ މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ފުރަތަމަ މީހާ އާއި ގުޅުން ހުރި ހައި ރިސްކް75 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ އާއި އެ ގޮތްގޮތުން ހުޅުން ހުރި207 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެމީހުން ތިން ބަޔަކަށް ބަހާލާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ހައި ރިސްކް75 މީހުންނާއި، މީޑިއަމްގެ ކޮންޓެކްޓްގެ 43 މީހަކާއި ލޯ ރިސްކް ގެ 89 މީހަކެވެ. މީގެ ތެރެއިން ޓެގް ޓީމުން ކަރަންޓީން ކުރަން ނިންމާފައިވަނީ ހައި ރިސްކް މީހުންނާއި މީޑިއަމް ކޮންޓެކްޓްގެ މީހުންނެވެ.
މިހާތަނަށް ކުރި މަސައްކަތުން ޕޭޝަންޓް 21 އަށް ބަލިޖެހިފައި ވަނީ ޕޭޝަންޓް 23 ގެ ފަރާތުން ކަމެއް ނުވަތަ އެ ނޫންގޮތަކަށް ކަމެއް އަދި މިހާތަނަށް ހޯދިފައި ނުވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ. އަދި އެކަން މިހާރުވެފައިވަނީ ވަރަށް އުނދަގޫ ކަމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާތަނަށް މާލެއިން ތިން މިހަކު ބައްޔަށް ޕޮސިޓިވް ވެފައިވާއިރު މި ދެމީހުންގެ އިތުރުން ޕޮސިޓިވް ވެފައިވަނީ ފުރަތަމަ ވައިރަސް ޖެހުނު އަންހެން މީހާގެ ދަރިފުޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް