ދަތުރުތައް ފަށަން އެމިރޭޓްސްއިން ތަފާތު ފިޔަވަޅެއް، ހުރިހާ ފަސިންޖަރުން ޓެސްޓު ކުރަނީ

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ހުރިހާ އެއާލައިނެއްގެހެން ކޮމާޝަލް ދަތުރުތައް ހުއްޓާލަން ވަނީ މަޖުބޫރުވެފައި އެވެ. ދަތުރު ކުރާ މަންޒިލްތަކަށް އެކަށީގެންވާ އަދަދަށް މީހުން ދަތުރު ނުކުރުމާއި ގިނަ ގައުމ...

16 Apr 2020 | 08:51

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ހުރިހާ އެއާލައިނެއްގެހެން ކޮމާޝަލް ދަތުރުތައް ހުއްޓާލަން ވަނީ މަޖުބޫރުވެފައި އެވެ.

ދަތުރު ކުރާ މަންޒިލްތަކަށް އެކަށީގެންވާ އަދަދަށް މީހުން ދަތުރު ނުކުރުމާއި ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ބަންދުކޮށްފައި ވުމުން އެއާލައިންތަކަށް ވަނީ ދަތުރުތައް ހުއްޓާލަން މަޖުބޫރުވެފައިވެ އެވެ.

އެކަމަކު ބައިނަލް އަގުވާމީ ބޮޑެތި އެއާލައިންތަކުން ދަނީ ގައުމުތަކުގައި ތާށިވެފައި ތިބި މީހުން އެމީހުންގެ ގައުމުތަކަށް ގެންދިއުމަށް ޗާޓާޑް ދަތުރުތައް ކޮށްދިނުމަށް ތައްޔާރުވަމުންނެވެ. ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަންއިންވެސް ދަނީ ރާއްޖޭގައި ތާށިވެފައި ތިބި މާ ދުރުނޫން ގައުމުތަކުގެ ރައްޔިތުން އެ ގައުމުތަކަށް ގެންގޮސްދިނުމަށް ޗާޓާޑް ފްލައިޓުތައް ބާއްވަމުންނެވެ.

އެގޮތުން މިގޮތަށް ދަތުރުތައް ފެށުމަށް އެމިރެޓްސްއިން ނިންމާފައިވަނީ ދަތުރު ކުރާ ހުރިހާ ފަސިންޖަރުން ވަގުތުން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށެވެ. އެ ޓެސްޓުގެ ނަތީޖާ ލިބެން ނަގަނީ ގާތްގަނޑަކަށް10 ވަރަކަށް މިނެޓެވެ.

އަޖުމަ ބެލުމުގެ ގޮތުން މިގޮތަށް ހުރިހާ ފަސިންޖަރުން ޓެސްޓު ކުރީ ދުބާއީން ޓިއުނީޝިއާ އަށް ދިޔަ ފްލައިޓެއްގެ ފަސިންޖަރުންނެވެ. އެ އެއާލައިނުން ބުނީ އެ ޓެސްޓުތައް ކުރުން ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި ދެން މަސައްކަތް ކުރާނީ މިކަން އިތުރަށް ފުޅާ ކުރުމަށް ކަމަށެވެ.

މި ނިންމުމަކީ އެ އެއާލަންގެ ހުރިހާ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް މުހިންމު ނިންމުމެއް ކަމަށެވެ. އަދި މި ޓެސްޓުތަކުގެ ސަބަބުން، އެމިރޭޓްސް އިން ދަތުރުކުރާ މީހުންނަކީ ބަލި ނެތް މީހުންކަން ޔަގީން ވާނެ އެވެ. މީގެ އިތުރުން އެ އެއާލައިނުން ނިންމާފައިވަނީ ދަތުރު ކުރާ ކޮންމެ މީހަކަށް ނެގެޓިވްވި ކަމުގެ ސެޓްފިކެޓެއް ލިބޭނެ އެވެ.

ކޯވިޑް-19 ފެތުރޭތީ އެމިރޭޓްސް އިން ވަނީ އެއެއާލައިންގެ ދަތުރުތައް ވަރަށް ބޮޑަށް މަދު ކޮށްފަ އެވެ. ނަމަވެސް މި ޓެސްޓުތައް ހަދާ ކެޕޭސިޓީ އިތުރު ކުރެވިއްޖެ ނަމަ ދަތުރުތައް މެދުކަނޑާލަފައިވާ މަންޒިލްތަކަށް ވަރަށް އަވަހަށް ދަތުރު ފެށޭނެ ކަމަށް އެ އެއާލައިނުން ލަފާ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް