ޔޫއޭއީ ގައި ތިބި ދިވެހިންނަށް ފޮނުވާ ތަކެތި ބަލައިގަތުން މަޑުޖައްސާލައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުން ފޮރިން މިނިސްޓްރީން މަޑުޖައްސާލައިފި އެވެ. އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ޔޫއޭއީއަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތް...

16 Apr 2020 | 08:17

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުން ފޮރިން މިނިސްޓްރީން މަޑުޖައްސާލައިފި އެވެ.

އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ޔޫއޭއީއަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަަކަށް ފުރުސަތު ދީފައި އޮތް ނަމަވެސް ކޯވިޑް-19 އަށް މީހަކު ޕޮސިޓިވްވެ މާލެ ބަންދު ކުރުމާއި ގުޅިގެން އެކަން ވަގުތީ ގޮތުން މަޑު ޖައްސާލާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މި އެއްޗެހި ބަލައިގެންނާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

ކެއާ ޕެކޭޖުތައް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައި އޮތީ މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 15:00ގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައެވެ.

މޯލްޑިވިއަންގެ ކާގޯ ފްލައިޓު ޔޫއޭއީއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ޔޫއޭއީގެ އިތުރުން ކެއާ ޕެކޭޖުތައް މީގެ ކުރިން ފޮނުވާފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ސްރީ ލަންކާ އާއި މެލޭޝިއާ ހިމެނެ އެވެ.

މޯލްޑިވިއަންގެ ފްލައިޓްގައި އިންޑިއާއަށް ކެއާ ޕެކޭޖު ފޮނުވަން ހުޅުވާލި ފުރުސަތުގައި 144 އާއިލާ އަކަށް ޕެކޭޖް ވަނީ ފޮނުވާފަ އެވެ. އަދި ލަންކާއަށް 622 ޕެކޭޖު ވަނީ ފޮނުވައިފައެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ދިރުއުޅޭ ދިވެހި އާއިލާތަކަށް 452 ކެއާ ޕެކޭޖް ވަނީ ފޮނުވައިފައެވެ.

މީގެތެރެއިން ބޮޑޫބައި ވަނީ އާއިލާތަކާއި ހަވާލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް