ކުނި ނަގާނީ 12 އިން ދެއަކަށް، ނެރެދޭންވީ އިމާރާތުގެ ތިރިއަށް: ވެމްކޯ

ކޯވިޑް-19ގެ މި ހާލަތުގައި އިއުލާނުކުރި މާލެ ސަރަހައްދުގެ ލޮކްޑައުންއާއެކު ކުނި ނެގުމުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް މިއަދުން ފެށިގެން ކުނި ނަގާނެ ގޮތުގެ ތަފްސީލް ވެމްކޯއިން ހާމަކޮށްފިއެވެ. ނޫސްވެރިނ...

16 Apr 2020 | 07:57

ކޯވިޑް-19ގެ މި ހާލަތުގައި އިއުލާނުކުރި މާލެ ސަރަހައްދުގެ ލޮކްޑައުންއާއެކު ކުނި ނެގުމުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް މިއަދުން ފެށިގެން ކުނި ނަގާނެ ގޮތުގެ ތަފްސީލް ވެމްކޯއިން ހާމަކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެމްކޯގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ޝާން ވިދާޅުވީ ކޮންމެ ދުވަހަކުވެސް މެންދުރު 12 އިން 2:00 އާއި ދެމެދު އުކާލަން ބޭނުންވާ ކުނި އެ އިމާރާތެއްގެ ތިރީގައި ބަހައްޓައިދިނުމަށް އެދޭ ކަމަށެވެ. އެގޮތަށް ކޮތަޅު ބަހައްޓާއިރު ދެކޮތަޅަށް ލައި ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މި ހިދުމަތް ހުޅުމާލެ، މާލެ އަދި ވިލިމާލޭގައި އެ ކުންފުނިން ދޭނެ އެވެ.

އޭނާ ވިދާޅުވީ މިއަދު އެ ކުންފުނިން ދެ ދުވަހުގެ ކުނި އުކައިދޭނެ އެވެ. އަދި އެދެނީ އިމާރާތުގެ ހުރިހާ އެޕާޓްމަންޓުތަކުން ނެރޭ ކުނި އެޅޭ ބޮޑު ޑަސްޓްބިން އެއް ހުރި ނަމަ އެއަށް އަޅާފައި ބޭރުގައި ބެހެއްޓުން ކަމަށް ޝާން ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލެ ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އުކައިދޭނީ ކޮންމެ ދުވަހެއްގައި އުކާލަން ޖެހޭ ކުނިކަމަށެވެ. އެހެނިހެން ބޮޑެތި ކުނި ކަމަށްވާ މެޝިން، އައިސަލަމާރި ފަދަ އެއްޗެހި އުކާ ދިނުން ހަމަޖެހިފައިވާ ގޮތުގައި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ކަރަންޓީން ކޮށްފައިވާ ގެތަކުން ކުނި ނެރެން މީހުން ދޮރު މައްޗަށް ނުނިކުތުމަށް އެދެ އެވެ. ވެމްކޯއިން ބުނީ އެ ކުންފުނީގެ އެކަމަސް ހާއްސަ މުވައްޒަފުން އެގޭގޭގެ ކުނި ނަގަން ދާނެ ކަމަށެވެ.

ވެމްކޯއިން ބުނީ އެ ވަގުތުގައި ނެރޭ ކުނިތައް ވީހާވެސް އަވަހަކަށް މަގުމަތިން ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަގުމަގި ގޮނޑުވިޔަ ނުދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް