މާލެ ސަރަހައްދުން ދިޔަ މީހުން 14 ދުވަހު ގޭގައި މަޑުކުރުމަށް ހަނިމާދޫ ކައުންސިލުން އިލްތިމާސްކޮށްފި

މާލެއިން ކޯވިޑް-19ގެ ތިން ކޭސް މިހާތަނަށް ފެނިފައިވާއިރު މާލެ ސަރަހައްދުން ރަށަށް ދިޔަ މީހުން 14 ދުވަހު ގޭގައި މަޑުކުރުމަށް ހދ. ހަނިމާދޫ ކައުންސިލުން އަންގައިފިއެވެ. އެ ކައުންސިލުން މިކަން އަންގާފައިވ...

16 Apr 2020 | 07:26

މާލެއިން ކޯވިޑް-19ގެ ތިން ކޭސް މިހާތަނަށް ފެނިފައިވާއިރު މާލެ ސަރަހައްދުން ރަށަށް ދިޔަ މީހުން 14 ދުވަހު ގޭގައި މަޑުކުރުމަށް ހދ. ހަނިމާދޫ ކައުންސިލުން އަންގައިފިއެވެ.

އެ ކައުންސިލުން މިކަން އަންގާފައިވަނީ މިއަދު ކޮށްފައިވާ އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ނުރައްކާތެރި ކުރޯނާ ވައިރަސް ރާއްޖޭގައި ފެރެމުން ދާތީއާއި މިބައްޔަކީ ވަރަށް ފަސޭހައިން ފެތުރޭ ނުރައްކާތެރިކަން އިންތިހާޔަށް ބޮޑު، ކުރެވޭ ކުޑަ ކުޑަ ކަމަކުން މުޅި ރަށާއި، އާއިލާއާއި، ތިމާ ނުރައްކަލަށް ހުށަހެޅި ބިރުވެރިކަން އޭގެ އިންތިހާއަށް ގޮސް ބަލިމަޑުކަން މުޅިރަށަށް ފެތުރިދާނެ ކަމަކަށްވާތީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ފުރިހަމަޔަށް އަދާ ކުރުމަށްޓަކައި މިދަންނަވާ ކަންކަން ނުކުރުމަށް ހަނިމާދޫ ކައުންސިލުން ނާއި، ޞިއްޙީ އިދާރާތަކާއި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަކުން ނަސޭހަތް ތެރިވެ އިލްތިމާސް ކުރާކަމަށެވެ.

އެގޮތުން އިލްތިމާސްކޮށްފައިވާ ކަންކަމަކީ

  • ފުރަތަމަވެސް ހުރިހާ ފަރާތް ތަކަކުން ވެސް ގޭގައި މަޑުކުރައްވާ އެހެން އެއްވެސް ގޮތެއް ނެތިގެން މެނުވީ ގެއިން ބޭރަށް ވަޑައި ނުގަންނަވާ !
  • އެއްވެސް ގޮތެއް ނެތިގެން ނޫނީ ހަމަ އެއްވެސް ބޭފުޅަކު ރަށުން ބޭރަށް ދަތުރު ނުކުރައްވާ !
  • އުމުރުން ދުވަސްވީ މީހުންނާއި، ބަލި މީހުންނާއި، ރޯގާގެ އެއްވެސް އަލާމާތެއް ހުރި މީހުންނާއި، ކުޑަ ކުދިން މިސްކިތް ތަކުގެ ޖަމާއަތަށް ވަޑައި ނުގަންނަވާ !
  • 14 އޭޕްރީލް 2020 ވަނަ ދުވަހުގެ ފަހުން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު، އަދި މާލެ ސަރަޙައްދުގެ ރިސޯޓް ތަކުން އަންނަ މީހުންގެ މަޢުލޫމާތު ރަށު ކައުންސިލަށް ދިނުމާއި، އަދި 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކުރުން (ރަށަށް ލަފާ ފުރާ މީހުން ރަށު މީހުންނާއި ބައްދަލު ނުވާގޮތައް އައިސް ގޮސް ވުން މިހިދައް އަދި  އިސް ތިސްނާ ކުރެވޭނެ) ނަމަވެސް އެފަދަ މީހުންގެ ވެސް މަޢުލޫމާތު ރަށު ކައުންސިލަށް ދޭންވާނެ!
  • ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށްވެސް ފިހާރަތަކަށް ގިނަ ގިނައިން ދިއުމުގެ ބަދަލުގައި ދުވަހަށް ނޫނީ ގިނަ ދުވަހަށް ބޭނުންވާ މިންވަރަށް ތަކެތި ގަތުމަށް އެއްފަހަރު ޚިޔާރު ކުރުން !
  • ޞިއްޙީ ޚިދުމަތް ދޭ ތަންތަނުން އެހެން ގޮތެއް ނެތިގެން މެނުވީ ހަމަ އެއްވެސް ބޭފުޅަކު ވަޑައި ނުގަތުން !
  • ރަށުން ބޭރުން ރަށަށް އެއްވެސް ބަޔަކު އަންނަ ނަމަ  ރަށަށް ފޭބުމުގެ ކުރިން މިދަންނަވާ ފޯނު ނަންބަރު ތަކާ ގުޅާ މަޢުލޫމާތު ދިނުމަށްފަހު އެފަރާތުގެ ހުއްދަ ދިނުމުން ނޫނީ އެއްވެސް ފަރާތަކުން ރަށަށް ނޭރުން. ގުޅުއްވާނީ 7743397، 7726231، 9658057، 7561930
  • ރަށުގެ ހޮޅުއަށި ތަކަށާއި، ފިނި އަށި، މައިދާން، ޕާކު ތަކަށް ހަމަ އެއްގޮތަކަށްވެސް މިދުވަސް ވަރު އެއްވެސް ބޭފުޅަކު ވަޑައި ނުގަތުން !

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކޯވިޑް – 19 އާއި ގުޅިގެން ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ ފަރާތްތަކުން ދޭ ލަފަޔާ އިރުޝާދާއި ނަސޭހަތް ތަކަށް ފުރިހަމައަށް އެންމެންވެސް އަމަލު ކުރުން ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ރައީސުން ޖުމުޙޫރިއްޔާ ދެއްވި ނަސޭޙަތް ހުރިހާ ރައްޔިތުން ހެޔޮ ހިތުން ބަލައިގަނެ ކަނުލާ އަޑުއަހާ އެ މައްޗަށް ހުރިހާ ބޭފުޅުން ސަމާލުކަން ދިނުމަށް އަންގާ އިޢުލާން ކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް