ކޯވިޑް-19: އެސްޓީއޯ އީ ސްޓޯރުގެ ހިދުމަތް އަލުން ފަށައިފި

އިއްޔެ އިއުލާނުކުރި ލޮކްޑައުންގެ ހާލަތާއި ގުޅިގެން މެދުކެނޑުނު އެސްޓީއީ އީ ސްޓޯރުގެ ހިދުމަތް އަލުން ފަށައިފިއެވެ. އެގޮތުން އެސްޓީއޯއިން ބުނެފައިވަނީ މިހާރު ގޭގައި ތިބެގެން އޯޑަރުކުރެއްވޭނެ ކަމަށާއި ދޮ...

16 Apr 2020 | 06:18

އިއްޔެ އިއުލާނުކުރި ލޮކްޑައުންގެ ހާލަތާއި ގުޅިގެން މެދުކެނޑުނު އެސްޓީއީ އީ ސްޓޯރުގެ ހިދުމަތް އަލުން ފަށައިފިއެވެ.

އެގޮތުން އެސްޓީއޯއިން ބުނެފައިވަނީ މިހާރު ގޭގައި ތިބެގެން އޯޑަރުކުރެއްވޭނެ ކަމަށާއި ދޮރާއި ހަމައަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އިއްޔެ އެސްޓީއޯއިން ބުނެފައިވާގޮތުގައި އެ ހިދުމަތް ވަގުތީގޮތުން މެދުކެނޑުނީ އެ ހިދުމަތުގެ ޑެލިވަރީ ޕާޓްނަރ ރެޑްބޮކްސް އަށް ބޭނުންވާ ހުއްދަ ނުލިބި އޮތުމުންނެވެ.

ލޮކްޑައުންގެ މި ހާލަތުގައި ޑެލިވަރީގެ ހިދުމަތް ދެވޭނެ ވަގުތުތައް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ ހެނދުނު 09:00 އިން މެންދުރު 2:00 އަށް، މެންދުރު ފަހު 3:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 08:30 އިން ރޭގަނޑު 11 އަށެވެ.

https://twitter.com/stoplc/status/1250669285829009408

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް