ރާއްޖޭގައި ތިބި ތައިލެންޑަށް ނިސްބަތްވާ 55 މީހަކާއެކު މޯލްޑިވިއަންގެ ފްލައިޓެއްގެ ދަތުރު ފަށައިފިއެވެ.
މި 55 މީހުންނަކީ ކޯވިޑް19ގެ މި ހާލަތުގައި ރާއްޖެއިން ނުދެވިފައިތިބި މީހުންނެވެ. މިމީހުން ގެންދާ ފްލައިޓްގައި އެކޮޅުގައި ތިބި ދިވެހިންނަށް ގެންދާ ކެއާ ޕެކޭޖުތައްވެސް ގެންދާކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ތައިލެންޑަށް ނިސްބަތްވާ މި 55 މީހުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި މަސައްކަތްކުރާ އެ ގައުމަށް ނިސްބަތްވާ މީހުންނާއި އަދި އެ ގައުމަށް ނިސްބަތްވާ ބައެއް ފަތުރުވެރިންނެވެ.
https://twitter.com/MaldivianAero/status/1250619788440694784
ކޯވިޑް19 މާލެއިން ފެނުމާއެކު ގްރޭޓާ މާލެ ރީޖަން ލޮކްޑައުން ކޮށްފައިވާއިރު އެތެރޭގެ އުދުހުންތައް ވަނީ ހުއްޓާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް