މާލެއިން އިއްޔެ ފުރަތަަ ފަހަރަށް ކޯވިޑް-19 އަށް ޕޮސިޓިވް ވި ދިވެހި މީހާ އާއި ސީދާ ގުޅުން ހުރި10 މީހަކު ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ އެމީހާ އާއި ސީދާ ގުޅުން ހުރި މީހުންގެ ގޮތުގައި އިއްޔެ ފުރަތަމަ 11 މީހެއްގެ ސާމްޕަލް ނެގި ކަމަށެވެ. އޭގެ ތެރެއިން10 މީހެއްގެ ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ.
ޕޮސިޓިވް ވެފައިވަނީ އޭގެ ތެރެއިން އެންމެ މީހެއް ކަމަށާއި އެއީ ކުޑަކުއްޖެއް ކަމަށް އެޗްޕީއޭއިން ބުނެފި ވެއެވެ. އެއީ އެ އަންހެން މީހާގެ ދަރިފުޅެވެ.
މިހާތަނަށް އެމީހާ އާއި ގުޅުން ހުރި ދެ މީހަކަށް ބަލި ޖެހިފައިވެ އެވެ. އެޗްޕީއޭއިން ބުނީ އޭނާއަށް ބަލި ޖެހިފައިވަނީ އަލާމާތްތައް ނެތް، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއްގެ ފަރާތުން ކަމަށް ބެލެވޭ ކަމަށެވެ.
މިހާރު ރާއްޖެ އަކީ ކޯވިޑް-19 ފެތުރެމުންދާ ގައުމެއްގެ ގޮތުގައި އެޗްޕީއޭއިން ވަނީ ކަނޑައަޅާފައި އެވެ. އެކަމަކު ބުނީ އަދިވެސް ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ބަލި ކޮންޓްރޯލް ކުރެވޭނީ އިއްޔެ ބަލި ފުރަތަމަ ޖެހުނު މީހާއަށް ވައިރަސް އެރިގޮތް ހޯދިގެން ކަމަށެވެ.
އެޗްޕީއޭއިން ވަނީ އެމީހާ އާއި ސީދާ ގުޅުން ހުރި އިތުރު14 މީހަކު ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައި އެވެ. އެމީހުންގެ ފަރާޓުން ވައިރަހުގެ އަސަރު ދަނީ ފެންނަމުންނެވެ. އެ އެންމެންވެސް ކޯވިޑް-19 އަށް ޓެސްޓު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް