ކޯވިޑް-19: މާލެ އޭރިއާގައި ގޭހުގެ ހިދުމަތް މިރޭ 08:30 އާއި ހަމައަށް

ގްރޭޓަރ މާލެ ރީޖަންގައި ލޮކްޑައުން އިއުލާނުކޮށްފައިވާއިރު މޯލްޑިވް ގޭސްގެ ހިދުމަތް މިއަދު ހެނދުނު 09:00 އިން މިރޭ 08:30 އާއި ހަމައަށް ކުރިއަށްދާނެ ކަން މޯލްޑިވް ގޭސްއިން ހާމަކޮށްފިއެވެ. އެގޮތުން މި ހާ...

16 Apr 2020 | 04:14

ގްރޭޓަރ މާލެ ރީޖަންގައި ލޮކްޑައުން އިއުލާނުކޮށްފައިވާއިރު މޯލްޑިވް ގޭސްގެ ހިދުމަތް މިއަދު ހެނދުނު 09:00 އިން މިރޭ 08:30 އާއި ހަމައަށް ކުރިއަށްދާނެ ކަން މޯލްޑިވް ގޭސްއިން ހާމަކޮށްފިއެވެ.

އެގޮތުން މި ހާލަތުގައި އެމަޖެންސީގައި ގޭސް ޑެލިވަރ ކޮށްދޭއިރު ގޭސް ފުޅި ޑެލިވަރ ކޮށްދެވޭނީ ގޭގެ ދޮރާއި ހަމައަށް ކަމުގައި މޯލްޑިވް ގޭސްއިން ބުނެއެވެ.

މި ހާލަތުގައި ގޭހަށް އޯޑަރު ކުރެވޭނެ ހާއްސަ ގޮތްތަކެއްވެސް މޯލްޑިވް ގޭސްއިން ތައާރަފްކޮށްފައިވެއެވެ. އެއީ މޯލްޑިވް ގޭސްގެ ވެބްސައިޓް މެދުވެރިކޮށާއި އެސްއެމްއެސް މެދުވެރިކޮށެވެ.

ވެބްސައިޓް މެދުވެރިކޮށް އޯޑަރު ކުރާނަމަ ވެބް އެޑްރެސް އަކީ: https://maldivegas.com/order އެވެ.

އެސްއެމްސްއެސް މެދުވެރިކޮށް އޯޑަރުކުރާނަމަ <ކަސްޓަމަރ ކޯޑް> <ދިވެހިރ ރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރު> <އައިޓަމް ކޯޑް> ޖެއްސެވުމަށްފަހު 7201616 އަށް މެސެޖެއް ކޮށްލެއްވުމުން ހިދުމަތް ލިބިލައްވާނެއެވެ.

އެސްއެމްއެސް މިސާލު: CA-51520 A000000 LP10

https://twitter.com/maldivegas/status/1250637694960427008

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް