ކޯވިޑް-19: ލޮކްޑައުންގައި ވަންނާނެ ތަނެއް ނެތި ތިބި މީހުންނަށް ކާތަކެތި ބަހައިފި

ކޮރޯނާ ވައިރަހުގެ މި ހާލަތުގައި މާލެ އޭރިއާގައި ލޮކްޑައުން އިއުލާނުކޮށްފައިވާއިރު ވަންނާނެ ތަނެއް ނެތި ތިބި މީހުންނަށް ފުލުހުން ކާތަކެތި ބަހައިފިއެވެ. ފުލުހުން ބުނެފައިވަނީ މި ކާތަކެއްޗަކީ ސަރުކާރުން ...

15 Apr 2020 | 22:13

ކޮރޯނާ ވައިރަހުގެ މި ހާލަތުގައި މާލެ އޭރިއާގައި ލޮކްޑައުން އިއުލާނުކޮށްފައިވާއިރު ވަންނާނެ ތަނެއް ނެތި ތިބި މީހުންނަށް ފުލުހުން ކާތަކެތި ބަހައިފިއެވެ.

ފުލުހުން ބުނެފައިވަނީ މި ކާތަކެއްޗަކީ ސަރުކާރުން ހަމަޖެއްސި ކާތަކެތި ކަމަށާއި މިތަކެތި ބަހާފައިވަނީ މާފަންނު ފުލުހުން ކަމަށެވެ.

މި ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ހަމަޖެއްސުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

https://twitter.com/PoliceMv/status/1250545624425984000

މިއަދު މެންދުރުފަހު 3:30 އިން ފެށިގެން 24 ގަޑިއިރަށް މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާނުކުރީ މާލެއިން ކޯވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވުމުންނެވެ. އެއީ ޓްރެވަލް ހިސްޓްރީއެއް ނެތް، ކުރިން ޕޮޒިޓިވް ވި މީހަކާ ކޮންޓެކްޓްވެސް ވެފައިނުވާ މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން މިހާތަނަށް24 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.

https://twitter.com/PoliceMv/status/1250548004836085760

ކޭސް21 ގެ ކޯޑް ދީފައިވާ އެމީހާ ޕޮޒިޓިވް ވި ފަހުން އިތުރު ދެ މީހަކު މާލެއިން މިވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ކޭސް 22(ކުޑަކުއްޖެއް) އަދި ކޭސް 23 އެވެ. ކޭސް 22 އަދި 23 އަކީ ކޭސް 21ގެ ޑައިރެކްޓް ކޮންޓެކްޓުން ކަމުގައިވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް