ކޯވިޑް-19 މާލެތެރެއިން ފެނިފައިވާތީ މާލެ ލޮކްޑައުންކޮށްފައިވާއިރު ޑެލިވަރީ ކުރެވޭނެ ވަގުތުތައް ފުލުހުން ހާމަކޮށްފިއެވެ.
އެގޮތުން ހެނދުނު 09:00 އިން މެންދުރު 02:00 އަށް، މެންދުރުފަހު 3:00 އިން ހަވީރު 06:00 އަށް އަދި ރޭގަނޑު 08:00 އިން ރޭގަނޑު 11:00 އަށް ޑެލިވަރީ ހިދުމަތްތައް ދެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
https://twitter.com/PoliceMv/status/1250533287950381056
މާލެ އޭރިއާ ލޮކްޑައުންކޮށްފައިވާއިރު މިހާތަނަށް މާލެއިން ތިން ދިވެއްސަކު މިވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އެއީ މިއަދު ހެނދުނު ޕޮޒިޓިވް ވި، ކޭސް21 އާއި ކޭސް 21 އާއި ޑައިރެކްޓް ކޮންޓެކްޓްވި ކޭސް 22 އަދި ކޭސް 23 އެވެ. މީގެ ތެރެއިން ކޭސް 22 އަކީ ކުޑަކުއްޖެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް