ކޯވިޑް-19ގެ މި ހާލަތުގައި މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާނުކޮށްފައިވާއިރު ޒަރޫރީ ބޭނުންތަކަށް ބޭރަށް ދާނެ ހުއްދައަށް އެދޭނެ އޮންލައިން ޕްލެޓްފޯމެއް ފުލުހުން ގާއިމްކޮށްފިއެވެ.
އެ ޕްލެޓްފޯމްގެ ލިންކަކީ: https://www.police.gov.mv/permit/
އެވެ. މި ލިންކަށް ގޮސް ފުރަތަމަ ފޯނު ނަމްބަރު ޖެހުމުން ފޯނަށް އޯޓީޕީ ކޯޑެއް ދާނެއެވެ. އޯޓީޕީ ކޯޑް އެންޓާ ކުރުމުން ހުއްދައަށް އެދޭ ފޯމު ފެންނާނެއެވެ. އެ ފޯމުގައި އައިޑީ ކާޑު ނަމްބަރާއި ބޭރަށް ދާ ބޭނުމާއި ބޭރުގައި ހޭދަވާނެ ވަގުތު ލިޔަން ޖެހެއެވެ. އެއަށްފަހު ފޯމް ސަބްމިޓް ކުރުމުން ހުއްދަ ދިން ކަމުގެ އެސްއެމްއެސް ފޯނަށް ދާނެއެވެ.
https://twitter.com/PoliceMv/status/1250529470735253504
ޒަރޫރީ ބޭނުންތަކަށް ބޭރަށް ދާން ބޭނުން ފަރާތްތައް ގުޅުމަށް ފޯނު ނަމްބަރެއްވެސް ފުލުހުން ތައާރަފްކޮށްފައިވެއެވެ. އެ ނަމްބަރަކީ 3034444އެވެ.
ހުއްދަ ލިބި ބޭރަށް ދާއިރު އަތުގައި އައިޑީކާޑު ބޭއްވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް