ކޯވިޑް-19- މާލެއިން ތިންވަނަ ދިވެއްސަކު ޕޮޒިޓިވްވެއްޖެ

މާލެއިން ތިންވަނަ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ތިން ވަނައަށް ޕޮޒިޓިވް ވީވެސް މިއަދު ޕޮޒިޓިވްވި ކޭސް 21 އާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް ކަމަށްވެސް އެޗ...

15 Apr 2020 | 20:44

މާލެއިން ތިންވަނަ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ތިން ވަނައަށް ޕޮޒިޓިވް ވީވެސް މިއަދު ޕޮޒިޓިވްވި ކޭސް 21 އާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

https://twitter.com/HPA_MV/status/1250524725693919232

އެޗްޕީއޭއިން ބުނެފައިވަނީ މިއީ ކޯވިޑް-19 އަށް ޕޮޒިޓިވްވި އަށްވަނަ ދިވެހި މީހާ ކަމަށާއި މިހާރު މިމީހާ އައިސޮލޭޓް ކޮށްފައިވާކަމަށެވެ.

ކޭސް21 ޕޮޒިޓިވްވިކަން މިއަދު ހެނދުނު އިއުލާނުކޮށްފައިވާއިރު އެއާއެކު މާލެ ސަރަހައްދު މިވަނީ ލޮކްޑައުން ކޮށްފައެވެ. އޭގެ ފަހުން ދެމީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. ފަހުން ޕޮޒިޓިވް ވި ދެމީހުންނަކީވެސް ކޭސް21ގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް