ކޯވިޑް-19: ކޭސް21 އާ ކޮންޓެކްޓްވި 14 މީހަކު އައިސޮލޭޝަނަށް، އެންމެންގެވެސް އަލާމާތް އެބަހުރި

މިއަދު މާލެއިން ޕޮޒިޓިވްވި (ކޭސް: އެމްއޭވީ021( އާއި ކޮންޓެކްޓްވި 14 މީހަކު އައިސޮލޭޓް ކޮށްފިއެވެ. އެޗްޕީއޭއިން ބުނެފައިވަނީ ކޯވިޑް-19ގެ އަލާމާތްތައް ހުރި 14 މީހަކު ހުޅުލެ އައިސޮލޭޝަން ފެސިލިޓީއަށް ބަދ...

15 Apr 2020 | 20:18

މިއަދު މާލެއިން ޕޮޒިޓިވްވި (ކޭސް: އެމްއޭވީ021( އާއި ކޮންޓެކްޓްވި 14 މީހަކު އައިސޮލޭޓް ކޮށްފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކޯވިޑް-19ގެ އަލާމާތްތައް ހުރި 14 މީހަކު ހުޅުލެ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައިވާކަމަށާއި އެ 14 މީހުންނަކީވެސް (ކޭސް: އެމްއޭވީ021) އާއި ކޮންޓެކްޓްވި މީހުން ކަމަށެވެ.

https://twitter.com/HPA_MV/status/1250517108624166912

(ކޭސް: އެމްއޭވީ021) އާއި ޑައިރެކްޓް ކޮންޓެކްޓްވި 11 ފަރާތެއްގެ ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވެއެވެ. އޭގެން އެކަކު ޕޮޒިޓިވްވެފައިވެއެވެ. ދެވަނައަށް ޕޮޒިޓިވްވެފައިވަނީ ކުޑަކުއްޖެއް (ކޭސް:އެމްއޭވީ022) ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ޑައިރެކްޓް ކޮންޓެކްޓްވި އަނެއް 10 މީހުންގެ ނަތީޖާ ނެގަޓިވް ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

https://twitter.com/HPA_MV/status/1250517439923793920

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް