ކޯވިޑް-19: މާލެއިން ދެވަނައަށް ޕޮޒިޓިވް ވީ ކުޑަކުއްޖެއް: އެޗްޕީއޭ

މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ފަރާތަކީ ކުޑަކުއްޖެއް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން މިކަން ހާމަކޮށްފައިވާއިރު ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ކުޑަކުއްޖާއަކީ ...

15 Apr 2020 | 19:34

މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ފަރާތަކީ ކުޑަކުއްޖެއް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށްފައިވާއިރު ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ކުޑަކުއްޖާއަކީ މިއަދު މާލެއިން ޕޮޒިޓިވްވި މީހާގެ ދަރިފުޅެވެ. އެއީ ދެ އަހަރު ނުވާ ކުޑަކުއްޖެއް ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި 11 މީހެއްގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު ޕޮޒިޓިވް ވެފައިވަނީ އެއް ާމްޕަލް ކަމަށެވެ. 10 ސާމްޕަލް ނެގަޓިވް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހާއަކީ ޓްރެވަލް ހިސްޓްރީއެއް ނެތް އަދި ކުރިން ޕޮޒިޓިވްވި ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓެއްވެސް ވެފައިނެތް މީހެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް