ޕީކް ސީޒަނަށް އެންމެ ނުވަ ދުވަހުން ބެކަޕް އިންޖީނުގެ ނިންމައި ހިދުމަތް ފަށައިފި

ޕީކް ސީޒަނަށް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށް، ހުޅުމާލޭގައި ސްޓެލްކޯއިން ގާއިމުކުރި ބެކަޕް އިންޖީނުގެ ހުޅުވައިފިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ އިންޖީ...

16 Mar 2025 | 07:52
އެ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތު -

އެ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތު -

ޕީކް ސީޒަނަށް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ

މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށް، ހުޅުމާލޭގައި ސްޓެލްކޯއިން ގާއިމުކުރި

ބެކަޕް އިންޖީނުގެ ހުޅުވައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ އިންޖީޏުގެ

ހުޅުއްވައިދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.

ނުވަ ދުވަސް ތެރޭގައި އެ ބެކަޕް އިންޖީނުގެ

ހަދާފައިވަނީ 48 ހާސް އަކަފޫޓުގެ ބިމެއްގައެވެ.

އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީ

ވިދާޅުވީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މަތިވެރި ރޫހާއެކު ކުޑަ

ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން އެ ނިންމާލީ ގައުމީ ބޮޑު

މަސައްކަތެއް ކަމަށެވެ.

ރޯދަ މަހުގައިވެސް އަތްވާއި ވާރެއަށް ބެލުމެއްނެތި

ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ހައްގުގައިކަން

ފާހަގަކޮށް މުވައްޒަފުންނަށް އެމްޑީ ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން

އަތޮޅުތެރޭގައި ސްޓެލްކޯއިން ހިދުމަތްދޭ 33 ރަށުގައިވެސް ރޯދަ މަހާއި ޕީކް

ސީޒަނަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް މުވައްޒަފުން ކޮށްފައިވާކަން ފާހަގަކޮށް

އެ މުވައްޒަފުންނަށްވެސް ޝުކުރު އަދާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް