އއ. ރަސްދޫ ގޮނޑުދޮށުން ކިނބުލެއް ފެނިއްޖެ އެވެ.
އެ ރަށުން ދުވަހަށް މައުލޫމާތުދިން މީހަކު ބުނީ އެ ކިނބޫ ފެނުނީ އެ ރަށުގައި ޗުއްޓީ ހޭދަ ކުރަމުންދާ ޓޫރިސްޓަކަށް ކަމަށެވެ. އެ ކިނބޫގެ ދިގުމިނުގައި ތިން ފޫޓު ހުންނާނެ ކަމަށް އެމީހާ ބުންޏެވެ.
އެ ކިނބޫ މިހާރު އޮތީ އެ ރަށު ޕޮލިސް ސްޓޭޝަންގައި ކަމަށް އެމީހާ ބުންޏެވެ. މިކަމާ ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.
މިދިޔަ ހަފްތާގައި ވަނީ ޖުމައިރާ ވިޓަވެލި ގޮނޑުދޮށުންވެސް ކިނބުލެއް ފެނިފައި އެވެ. ހަތަރު ފޫޓު ހުރި އެ ކިނބޫ ފެނިފައިވަނީ ބިދޭސީ މުވައްޒަފަކަށެވެ.
އެކަމަކު އެ ކިނބޫ ވަނީ މޫދަށް ފައިބައިގެން ގޮސްފަ ކަމަށް އެމީހާ އާއި ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް